މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

ކުއްލި ހާލަތުގައި ގުޅަން 911 ތައާރަފުކުރަނީ

ކުއްލި ހާލަތްތަކުގައި ރައްޔިތުންނަށް ލުއި ފަސޭހަކޮށް އެއް ނަންބަރަކުން ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ޝޯޓްކޯޑް ލައިނެއްގެ ގޮތުގައި 911 ތައާރަފު ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.

އެ ގޮތުން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ވަނީ ކުއްލި ހާލަތްތަކުގައި އެއް ނަންބަރަކުން ހިދުމަތްދެވޭ 911 ލައިން ގާއިމުކުރުމާ ގުޅޭ ގޮތުން ކަމާގުޅުން ހުރި މުއައްސަސާތަކާއެކު ކޯޑިނޭޝަން ބައްދަލުވުމެއް ބާއްވާފަ އެވެ.

ރައްޔިތުންނަށް ދިމާވާ ކުއްލި ހާލަތްތަކުގައި ސަލާމަތާއި ރައްކާތެރިކަމުގެ ހިދުމަތްތަކަށް އެއް ނަންބަރަކުން ގުޅޭނެ ގައުމީ ހެލްޕް ލައިނެއް ގާއިމުކުރުމާ ގުޅޭގޮތުން ސޯޝަލް ކައުންސިލަށް ކަރުދާހެއް ހުށަހެޅީ މިނިސްޓްރީ އޮފް ހެލްތުންނެވެ.

މި ހެލްޕް ލައިންގެ ކަންކަން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދަން ނިންމާ މި އަހަރުގެ އޮގަސްޓް މަހު ވަނީ ކަމާގުޅުން ހުރި މުއައްސަސާތަކާއެކު މަޝްވަރާކޮށްފަ އެވެ.

ފުލުހުންނާއި އެމްބިއުލާންސްގެ އިތުރުން އަލިފާނުގެ ހާދިސާތަކުގައި ގުޅަން ރާއްޖެއިން ބޭރުގެ ބައެއް ގައުމުތަކުގައި ޝޯޓް ކޯޑެއްގެ ގޮތުގައި ބޭނުންކުރަނީ 911 އެވެ.