މާލޭގެ ހެންވޭރު އަވަށުގައި ހުންނަ އެންޖީބީ ރެސްޓޯރަންޓްގައި އެއްޗެއް ގޮވައި ބަޔަކަށް އަނިޔާވެއްޖެ އެވެ.
މިހާދިސާގައި ސްރީލަންކާ އަށް ނިސްބަތްވާ ރެސްޓޯރަންޓްގެ ޝެފް ވަރަށް ބޮޑަށް ޒަހަމްވެފައިވެ އެވެ.
އޭނާ ލިބުނު އަނިޔާގެ މާބޮޑު ތަފްސީލެއް އަދި ނުލިބެ އެވެ. ފަރުވާ ދެނީ އޭޑީކޭގައި ކަމަށް އެނގިފައިވެ އެވެ.
ގޮވާފައިވަނީ ގޭސް ފުޅިއެއް ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނެ އެވެ.
ސިފައިންނާއި ފުލުހުން ދަނީ ހާދިސާ ހިނގި ތަނުގައި ހަރަކާތްތެރިވަމުންނެވެ.