އަލިފާން

މާލޭގައި އަލިފާންގެ ނުރައްކާތެރި ހާދިސާއެއް ހިނގައިފި

މާލޭގައި އަލިފާންގެ ނުރައްކާތެރި ހާދިސާއެއް ހިނގައިފި އެވެ.

ސިފައިންނާއި ފުލުހުން ގެންދަނީ ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

އަލިފާން ރޯވި ސަރަހައްދުގައި ހުރި ބައެއް ގެތަކުގައި ދިރިއުޅޭ މީހުން އެ ގެތަކުން ނެރުމުގެ މަސައްކަތް ކުރަމުން އެބަދެ އެވެ.

އަލިފާން ރޯވެފައިވަނީ ބުރުޒު މަގަށްވާ ގޮތަށް ހުންނަ ސަރުކާރު ބިމެއް ކަމަށްވާ އޯކިޑް ޕްލާޒާ އިމާރާތުގައެވެ.

އަލިފާން ރޯވާން ދިމާވި ސީދާ ސަބަބެއް އަދި ސާފުވެފައެއް ނުވެ އެވެ.

ނަމަވެސް އެ ސަަރަހައްދުގައި ދިރިއުޅޭ އާންމުން ބުނީ އަލިފާން ރޯވި އިމާރާތަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ވަދެ ނިކުމެ ހަދާ ފަޅު އިމާރާތެއް ކަމަށެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށްވެސް އެނގިފައިވެ އެވެ.

ސިފައިންގެ މަސައްކަތުން މިހާރު ވަނީ ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފަ އެވެ. ނަމަވެސް އެ ސަރަހައްދުގައި ވަރަށް ގަދައަށް ދުމުގެ އަސަރު އެބަހުއްޓެވެ.
-- ތަފްސީލް އަންނަނީ --