ހައްޖުގެ އަޅުކަން

ހައްޖަށް މީހުން ގެންދިއުމަށް 11 ކުންފުންޏަކުން ބިޑްކޮށްފި

Mar 14, 2023
ދިވެހި ހައްޖުވެރިންތަކެއް ސައުދި އަރަބިއްޔާގައި
0%
0%
0%

ދިވެހިރާއްޖެއިން މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ކުންފުނިތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލުމުން 11 ކުންފުންޏަކުން ކުރިމަތިލައިފި އެވެ.

ޕްރޮޕޯސަލް ހުށަހަޅަން ފުރުސަތު ދިނީ ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގައިވާ ޝަރުތު ފުރިހަމަވާ ކުންފުނިތަކަށް އެކަންޏެވެ. މިއުސޫލު ގެޒެޓް ކުރީ މެއި 18، 2022 ގައެވެ.

ހައްޖަށް މީހުން ގެންދިއުމަަށް ޝައުގުވެރިވާ ކުންފުނިތަކަށް އިސްލާމިކް މިނިސްޓްރީން ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.

ބީލަން ހުށަހެޅުމުގެ ސުންގަޑި މިއަދު ހެނދުނު 10:0 އަށް ހަމަވިއިރު 11 ކުންފުންޏަކުން ވަނީ ބީލަން ހުށަހަޅާފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ބީލަން ހުށަހެޅި ކުންފުނިތަކުގެ ތެރެއިން ހައްޖު ކޯޕަރޭޝަން ފިޔަވާ އަމިއްލަ ތިން ކުންފުންޏަކަށް ހުއްދަ ދޭނެ ކަމަށެވެ. ހުއްދަ ލިބޭ އަމިއްލަ ކޮންމެ ކުންފުންޏަކަށް 90 ކޯޓާ ލިބޭނެ އެވެ.

ރަސްމީ ހައްޖު ކޯޓާގެ ގޮތުގައި މިއަހަރު ރާއްޖެއަށް ލިބިފައިވަނީ 1،000 ކޯޓާ އެވެ.

އިތުރު ކޯޓާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިދިޔަ މަހުގެ 22 ވަނަ ދުވަހު އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވަނީ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910