އިލެކްޝަންސް ކޮމިޝަން

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ގުރުނަގައިފި

Mar 15, 2023
ގުރައިދޫ ދާއިރާއަށް ވާދަކުރައްވާ ތިން ކެންޑިޑޭޓުން ކަމަށްވާ އަލީ އާރިފް (ކ)ގައި އަދި އިބްރާހީމް ޝާޒު (މ)ގައި އަދި ހުސައިން ރިޒާ (ވ)ގައި
0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ތިން ކެންޑިޑޭޓުންގެ މެދުގައި ގުރު ނަގައިފި އެވެ.

އިންތިހާބުގައި ވާދަކުރަން ހުޅުވާލި ފުރުސަތު އިއްޔެ ހަމަވިއިރު މި އިންތިހާބުގައި ވާދަކުރަނީ އެމްއެންޕީއާއި އެމްޑީޕީއާއި ޕީޕީއެމްގެ ކެންޑިޑޭޓެކެވެ.

ހުރިހާ ކެންޑިޑޭޓުން ވެސް ނިސްބަތްވަނީ ގުރައިދޫ ދާއިރާގެ އެންމެ ބޮޑު ރަށް -- ގުރައިދޫ އަށެވެ.

ޕީޕީއެމްގެ ޓިކެޓް ދީފައިވަނީ އެ ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރިޒާގެ ކޮއްކޮ ހުސައިން ރިޒާ އަށެވެ. އެމްޑީޕީން ޓިކެޓް ދީފައިވަނީ އިބްރާހީމް ޝާޒު އަށެވެ. އެމްއެންޕީން ޓިކެޓް ދީފައިވަނީ އަލީ އާރިފް އަށެވެ.

ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ ތިން ކެންޑިޑޭޓުންގެ މެދުގައި ގުރުނަގަން މިއަދު އިލެކްޝަންސް ކޮމިޝަނުން ބޭއްވި ރަސްމިއްޔާތުގައި ކެންޑިޑޭޓް ނަންބަރު އެކެއް ލިބިވަޑައިގަތީ ހުސައިން ރިޒާ އަށެވެ. ކެންޑިޑޭޓް ނަންބަރު ދޭއް އިބްރާހީމް ޝާޒުއަށް ލިބިވަޑައިގެންނެވިއިރު ކެންޑިޑޭޓް ނަންބަރު ތިނެއް ލިބިވަޑައިގަތީ އަލީ އާރިފް އެެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އޮންނާނީ ކުރިއަށް އޮތް އޭޕްރީލް މަހުގެ 15 ވަނަ ދުވަހު އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ އެ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އަވަހާރަވުމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910