އެސްޓީއޯ

ރޯދައަށް އެސްޓީއޯއިން ސިނާއީ ސަރަހައްދުގައި ކައުންޓަރެއް ހުޅުވައިފި

Mar 17, 2023

ކުރިއަށް އޮތް ރޯދަ މަހަށް އެސްޓީއޯ އިން ރާއްޖެ ގެނެސްފައިވާ އަސާސީ މުދާ ވިއްކުމަށް އެސްޓީއޯ އިން މާލޭ އިންޑަސްޓްރިއަލް ޒޯނުގައި ހޯލްސޭލް ކައުންޓަރެއް ހުޅުވައިފި އެވެ.

މިކައުންޓަރު ގާއިމުކޮށްފައިވަނީ ގްރޭޓާ މާލެ ބަސް ޓާމިނަލުގެ ހުޅަނގުގައިވާ އެސްޓީއޯގެ ބިމުގަ އެވެ.

އެސްޓީއޯ އިން ބުނީ މިއީ ރޯދަ މަހަށް އެސްޓީއޯގެ މުދާ އާންމުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ގާއިމުކުރި ކައުންޓަރެއް ކަމަށެވެ.

އެސްޓީއޯ ހޯލްސޭލް ސެންޓަރުގެ އިތުރުން އިންޑަސްޓްރިއަލް ޒޯންގައި ހުންނަ އެ ކުންފުނީގެ ގުދަނުން ފައިސާ ބަލައިގަނެ، އިންވޮއިސް ހަދާ، އަދި މުދާ މިހާރު ދޫކުރެވޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.

މީގެ އިތުރުން ހުޅުމާލޭގައި ހުޅުވޭ ރޯދަ މާޓުންވެސް މިހުރިހާ ހިދުމަތެއް ލިބޭނެ ކަމަށްވެސް އެސްޓީއޯ އިން ބުނެ އެވެ.