އޮބިޗުއަރީ

އިސްތަފާ އިބްރާހީމް މަނިކު އަވަހާރަވެއްޖެ

Mar 22, 2023

ޕްރިޒަންސް ޑިވިޝަނުގެ އިސްވެރިޔާގެ މަގާމު ފުރުއްވި ގ. އޯކަމް އިސްތަފާ އިބްރާހީމް މަނިކު އަވަހާރަވެއްޖެ އެވެ.

އިސްތަފާ އިބްރާހީމް މަނިކު އަވަހާރަވީ އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނު އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 83 އަހަރެވެ.

އިސްތަފާ އިބްރާހީމް މަނިކު ވަނީ ދައުލަތަށް ވަރަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފަ އެވެ. އެގޮތުން މިނިސްޓްރީ އޮފް ޑިފެންސްގެ އިސް މަގާމުތަކުގައި ހިދުމަތް ކުރައްވާފައިވެ އެވެ.

ހާއްސަ ގޮތެއްގައި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި ޕްރިޒަންސް ޑިވިޝަން އިސްވެރިޔާގެ ގޮތުގައި ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވެ އެވެ.

އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި ޑިފެންސް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމު ފުރުއްވާފަ އެވެ.