އުރީދޫ

އުރީދޫގެ ރޯދަ މަހުގެ އޮފާތައް ލޯންޗުކޮށްފި

އުރީދޫ މޯލްޑިވްސްގެ ހުރިހާ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ވެސް ލިބޭ ހާއްސަ ހަދިޔާތަކާއެކު ރޯދަ މަހުގެ އޮފާތައް ލޯންޗުކޮށްފި އެވެ.

އުރީދޫ މޯލްޑިވްސްގެ ރޯދަ މަހުގެ އޮފާތައް އިއުލާނުކުރީ ފުވައްމުލައް ތުނޑީގައި ބޭއްވި މާހެފުމެއްގަ އެވެ.

މި ހަރަކާތުގައި ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލު ރަފީގާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ހަމާދީ އާއި އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒުގެ އިތުރުން ފުވައްމުލަކުގެ ބައެއް އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ޙަމާދީ ވިދާޅުވި ގޮތުގައި އެ ކުންފުނި އަބަދުވެސް ދެމި ތިބޭނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ކަސްޓަމަރުން ޑިޖިޓަލް ހިދުމަތްތައް މެދުވެރިކޮށް އިތުރު ފުރުސަތުތަކާއި ގުޅުވާލަދީ މުޖުތަމައުތަކުގެ އިޖްތިމާއީ އަދި އިގުތިސާދީ ކުރިއެރުމުގެ ބައިވެރިއެއްގެ ގޮތުގަ އެވެ.

ރޯދަ މަހަށް ހާއްސަ އޮފާއެއް ގޮތުގައި އުރީދޫން ވަނީ "ހަދިޔާ ފޮށި" ތައާރަފުކޮށްފަ އެވެ.

ހަދިޔާ ފޮށި

އުރީދޫން ބުނި ގޮތުގައި ހަދިޔާ ފޮއްޓާއެކު އުރީދޫ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ސުޕަނެޓްގެ ހުރިހާ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ވެސް ހަދިޔާއެއް ލިބުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އުރީދޫ އެޕްގައި ހިމަނާފައިވާ ހަދިޔާ ފޮށިން ކަސްޓަމަރުންނަށް ސްކޫޕީ ސައިކަލެއް، އައިފޯން 14 ޕްރޯ، 65" ޓީވީ، ހޯމްޕޮޑް މިނީ، 1 ޓީބީ އާ ހަމައަށް ހިލޭ ޑޭޓާ ގެ އިތުރުންވެސް ހާއްސަ ހަދިޔާތަކެއް ލިބިގެންދާނެ އެވެ. ކޮންމެ ކަސްޓަމަރަކަށް ވެސް ދުވާލަކު އެއްފަހަރު ހަދިޔާ ފޮށި ގޭމް ކުޅެވޭނެ އެވެ.

ހަދިޔާ ފޮށި ކުޅުމަށް އުރީދޫ އެޕަށް ޒިޔާރަތްކޮށް ހަދިޔާ ފޮށި ހިޔާރުކޮށްލުމުން ފެންނަ ހަ ހަދިޔާ ފޮށިން ކޮންމެވެސް އެއް ފޮއްޓެއް ހިޔާރު ކޮށްލުމުން ކޮންމެވެސް ހަދިޔާ އެއް ލިބިގެންދާނެ އެވެ. ކޮންމެ ކަސްޓަމަރަކަށް ވެސް ދުވާލަކު އެއްފަހަރު ހަދިޔާ ފޮށި ހުޅުވައި ހަދިޔާއެއް ލިބޭނެ އެވެ.

ރޯދަ ހަދިޔާ

އުރީދޫން ބުނި ގޮތުގައި ރޯދަ މަސް ތެރޭގައި އާޗާ 750، އާޗާ 500 އަދި އުރީދޫ ޑޭޓާ 500 ޕެކް އެކްޓިވޭޓްކުރާ ކަސްޓަމަރުންނަށް ބޯނަސް ޑޭޓާ ގެ ގޮތުގައި 10ޖީބީ ޑޭޓާ ނުވަތަ ފަސް ޖީބީ ޑޭޓާ ގެ އިތުރުން 200 ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބުމުގެ ފުރުސަތު ލިބޭނެ އެވެ.

އާޗާ ޕްރީޕެއިޑް 750 ޕެކް މެދުވެރިކޮށް ކަސްޓަމަރުންނަށް ދުވާލަކަށް ހަ ޖީބީ ޑޭޓާ ލިބޭއިރު އާޗާ ޕްރީޕެއިޑް 500 ޕެކް މެދުވެރިކޮށް ކަސްޓަމަރުންނަށް ދުވާލަކަށް ދެ ޖީބީ ޑޭޓާ އަދި އުރީދޫ ޑޭޓާ 500 ޕެކް މެދުވެރިކޮށް ކަސްޓަމަރުންނަށް 30 ދުވަހަށް 35 ޖީބީ ޑޭޓާ ލިބޭނެ އެވެ. މި ޕެކްތަކަކީ ކަސްޓަމަރުންނަށް ހެޔޮ އަގުގައި އަދި ހަލުވި ސްޕީޑްގެ އިންޓަނެޓްގެ ހިދުމަތް ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕެކްތަކެކެވެ.

ސައުދީ އައިޑީޑީ ހާއްސަ ޕެކް

އުރީދޫ ޕާސްޕޯޓާއެކު ކަސްޓަމަރުންނަށް އެންމެ ހެޔޮ އަގުގެ އައިޑީޑީ ރޭޓްތަކާއެކު މި ރޯދަ މަހު ސައޫދީ އަރަބިއްޔާގައި ތިބި އާއިލާއާ އާއި ރަހުމަތްތެރިންނާއި ގުޅުން ބަދަހިކުރުމަށް އިތުރު ލުޔެއް ލިބިގެންދާނެ އެވެ.

އުރީދޫން ބުނި ގޮތުގައި އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރަކަށް ޒިޔާރަތްކޮށްގެން ޕާސްޕޯޓް ސިމް އެކްޓިވޭޓް ކުރެވޭނެ އެވެ.

ފިތުރު ޒަކާތް

އެހެން އަހަރުތަކެކޭ އެއްފަދައިން، ކޮންމެތާކުންވެސް ފަސޭހަކަމާއިއެކު އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމް އުރީދޫ މޯލްޑިވްސްއިން ވަނީ މިއަހަރުވެސް ފަހިކޮށްދީފަ އެވެ. އެމް-ފައިސާ މެދުވެރިކޮށް ޒަކާތް ދެއްކުމަށް އުރީދޫ އެޕް ޑައުންލޯޑް ކޮށްލަން ޖެހޭނެ އެވެ.

އެމް-ފައިސާގެ ހިދުމަތްތަކާއި އޮފާތައް ބޭނުންކުރުމަށް ހުރިހާ ނެޓްވޯކެއްގެ ކަސްޓަމަރުންނަށްވެސް އުރީދޫއިން މަރުހަބާކިޔަ އެވެ.

މީގެ އިތުރުން ޕްރީޕެއިޑް ކަސްޓަމަރުންނަށް ޕްރީޕެއިޑް ބެލެންސް މެދުވެރިކޮށްވެސް ފަސޭހަކަމާއެކު ފައިސާ ދައްކާލެވޭނެ އެވެ. ޕްރީޕެއިޑް ބެލެންސް ބޭނުންކޮށްގެން ޒަކާތް ދެއްކުމަށް ޑައަލް ކުރަންޖެހޭނީ 909#* އަށެވެ.

ނަމާދު އެލާޓް

އުރީދޫން ބުނި ގޮތުގައި ނަމާދު އެލާޓް އެކްޓިވޭޓް ކުރުމުން ކޮންމެ ނަމާދު ވަގުތެއްގެ 15 މިނެޓު ކުރިން އެސްއެމްއެސް މެދުވެރިކޮށް ނަމާދު އެލާޓް ހިލޭ ލިބޭނެ އެވެ. ނަމާދު އެލާޓް އެސްއެމްއެސް ހިލޭ ހޯދެއްވުމަށް “GO” ޖެއްސެވުމަށް ފަހު 4777 އަށް އެސްއެމްއެސް ކޮށްލެވުމުން ނަމާދު އެލާޓް ލިބޭނެ އެވެ.

އެމް-ފައިސާއިން ފައިސާ ދެއްކުމުން ދެ ޕަސަންޓާއި ހަމައަށް ފައިސާ އަނބުރާ ވޮލެޓަށް

އެމް-ފައިސާ ބަލައިގަންނަ ހުރިހާ ކެފޭ، ރެސްޓޯރަންޓް އަދި ފިހާރަތަކަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް މުޅި ރޯދަ މަހުގެ ތެރޭގައި ފައިސާ ދައްކަވާ ކޮންމެފަހަރަކު ފައިސާ ދައްކާ އަދަދުގެ ދެ ޕަސަންޓާއި ހަމައަށް ފައިސާ އަބުރާ ވޮލެޓައް ލިބޭނެ ކަމަށް އުރީދޫން ވަނީ ބުނެފަ އެވެ.

އެމް-ފައިސާ މެދުވެރިކޮށް ބިދޭސީ މަސައްކަތްތެރިންނަށް އިފްތާރު ޕެކެއް ހަދިޔާކުރުން

މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް (އެމްއެމްޑަބްލިއުއެމް) އާ ގުޅިގެން މާލެ ސަރަހައްދުގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތަކަށް ފަސޭހަކަމާއެކު އެމް-ފައިސާ މެދުވެރިކޮށް އިފްތާރް ޕެކް ހަދިޔާ ކުރެވޭނެ ކަމަށް އުރީދޫން ވަނީ ބުނެފަ އެވެ.

ހަދިޔާ ކުރާ ޕެކްތައް ހަދިޔާ ކުރާ ދުވަހުގެ ޖެހިގެން އަންނަ ދުވަހު އެމްއެމްޑަބްލިއުއެމް އިން ބިދޭސީ މަސައްކަތްތެރިންނާއި ހަވާލުކުރެވޭނެ އެވެ. ހަދިޔާކުރި އިފްތާރު ޕެކްތަކުގައި ރޯދަ މަހު ރޯދަ ވީއްލުމަށް އެހީތެރިވުމުގެ ގޮތުން ކާބޯތަކެތީގެ ޒަރޫރީ ބާވަތްތައް ހިމެނޭނެ ކަމަށް އުރީދޫން ވަނީ ބުނެފަ އެވެ.