މޯލްޑިވްސް ހައްޖު ކޯޕަރޭޝަން

ހައްޖާއި އުމްރާއަށް ދާ މީހުންނަށް ލޮކޭޓިން ޑިވައިސްއެއް ދެނީ

ދިވެހި ހައްޖާޖީ އިން ހައްޖުގެ އަޅުކަމުގައި- ފޮޓޯ: ހައްޖު ކޯޕަރޭޝަން
0%
0%
0%

ހައްޖާއި އުމްރާއަށް ދާ ދިވެހިން ގެއްލޭ މައްސަލަ ހައްލުކުރުމަށްޓަކައި ލޮކޭޓިން ޑިވައިސްއެއް ބޭނުން ކުރުމަށް ހައްޖު ކޯޕަރޭޝަނުން ނިންމައިފި އެވެ.

ހައްޖާއި އުމްރާއަށްދާ ބައެއް ދިވެހިން ގެއްލޭ މައްސަލައަކީ މީގެ ކުރިންވެސް ދިމާވެފައިވާ މައްސަލަތަކެކެވެ. ހުރެވޭތަން ނޭނގޭ ހާލަތުގައި ހަރަމްފުޅުގައި ހައްޖުވެރިންނަށް އެހީތެރިވުމަށް މީހުން ތިބެ އެވެ.

ހަރަމްފުޅުގައި ހައްޖުވެރިންނާއި އުމްރާއަށްދާ މީހުންނަށް އެހީވުމަށް މީހުން ތިބި ނަމަވެސް ހައްޖު ކޯޕަރޭޝަންއިން ލޮކޭޓިން ޑިވައިސް ބޭނުން ކުރަން ނިންމާފައިވަނީ ހައްޖަށްދާ ދިވެހިންގެ ރައްކާތެރިކަން އިތުރަށް ކަށަވަރުކުރުމުގެ ގޮތުންނެވެ.

ހައްޖު ކޯޕަރޭޝަންއިން އަންނަނީ ރާއްޖެއާއި ބޭރުގެ ގިނަ ގައުމުތަކުގައިވެސް ލިބެން ހުރި އަދި މީހުން ލޮކޭޓް ކުރުމަށް ބޭނުން ކުރެވިދާނެ ލޮކޭޓިން ޑިވައިސްތަކުގެ ތެރެއިން ރަނގަޅު ފެންވަރެއްގެ ޑިވައިސްއެއް ޕްރޮކިއޯކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ދިވެހިން ހައްޖަށް ގެންދިއުމަށް ހައްޖު ކޯޕަރޭޝަނުން ގިނަ ތައްޔާރީތަކެއް ވަމުންދާއިރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ އަމިއްލަ ފަރާތްތަކަށްވެސް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އިސްލާމިކް މިނިސްޓްރީން ވަނީ ހުޅުވާލާފަ އެވެ.

މިއަހަރު ރާއްޖެއަށް ލިބިފައި ވަނީ 1،000 މީހުންގެ ހައްޖު ކޯޓާ އެވެ. ނަމަވެސް މި އަދަދު 2،500 އަށް އިތުރުކޮށްދިނުމަށް ސަރުކާރުން ވަނީ ސައުދީ ސަރުކާރުގައި އެދިފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345