ރޯދަ މަސް

ކެރެޓުގެ އަގު އުފުލިއްޖެ

Mar 26, 2023

ކެރެޓު ލިބުން ދަތިވެ ބާޒާރުގައި ކެރެޓުގެ އަގު އުފުލިއްޖެ އެވެ.

ރޯދަ މަސް ފެށުނުއިރު ބާޒާރުގައި ކެރެޓު ކިލޯއެއް ހުރީ 65ރ. އަށެވެ. ބާޒާރުގައި ކެރެޓު މިހާރު ލިބެން ހުރީ ވަރަށް މަދު ގޮޅިތަކެއްގަ އެވެ.

ބާޒާރުގައި ކެރެޓު ކިލޯއެއް އިއްޔެ އެވަރެޖުކޮށް ހުރީ 90ރ. އަށެވެ.

ބާޒާރުގައި ގޮޅި ހިންގާ ބައެއް ވިޔަފާރިވެރިން ބުނި ގޮތުގައި ކެރެޓުގެ އަގު އުފުލުނީ ހޯލްސޭލްކުރާ ވިޔަފާރިތަކުން ކެރެޓު ލިބުމުގައި ދަތިތަކެއް ހުރުމުންނެވެ.

ކެރެޓު އިމްޕޯޓުކުރާ ހޯލްސޭލް ފިހާރައަކުން ބުނި ގޮތުގައި ކެރެޓުގެ އާ ޝިޕްމަންޓެއް މިއަދު ލިބޭނެ އެވެ.

ރޯދަ މަހާ ދިމާކޮށް ބާޒާރުގައި ބައެއް ބާވަތުގެ މޭވާ އާއި ތަރުކާރީގެ އަގު އުފުލެވެ.

ރޯދަ މަހަކީ ކާބޯތަކެއްޗަށް ޑިމާންޑް ބޮޑުވާ މަހަކަށްވާއިރު ރޯދަ މަހަށް ހާއްސަކޮށް ވިޔަފާރިވެރިން މުދާ އިތުރަށް ގެނެ އެވެ.