ދުނިޔެ

ރަޝިއާގެ ޚާރިޖީ ވަޒީރު އަންނަ މަހު ތުރުކީއަށް

ސަރުގޭ ލަވްރޯފް (ވ) އަދި މަވްލޫތު ޗަވްސޯލޫ -- ވަރަށް ބޮޑު ކަމަކާ ދެބޭފުޅުން މަޝްވަރާ ކުރައްވަނީ
0%
0%
0%

ރަޝިއާގެ ޚާރިޖީ ވަޒީރު ސަރުގޭ ލަވްރޯފް އަންނަ މަހު، އޭޕްރިލް 6-7 ގައި ތުރުކީއަށް ވަޑައިގަންނަވަނީ އެވެ. ރަޝިއާގެ ޚާރިޖީ ވުޒާރާއިން ބުނާ ގޮތުން ވަޒީރުގެ ދަތުރުގެ ބޭނުމަކީ ދެ ގައުމުގެ ދެމެދުގައި ހުރި ސުރުޚީތަކަށް މަޝްވަރާ ކުރެއްވުމެވެ.

ދުނިޔެ މިއަދު އޮތް ހާލަތަށް ބަލާއިރު ރަޝިއާ ސަރުކާރުގެ ވަޒީރަކު ގައުމުން ބޭރަށް ވަޑައިގަތުމަކީ ފަލަ ސުރުޚީ އެކެވެ. އަނެއްކޮޅުން ވަޒީރު ވަޑައިގަންނަވާ ތުރުކީއަކީ ވެސް އެމެރިކާ އާއި ޔޫރަޕުގެ ނަޒަރިއްޔާގައި، އަޑި ނޭނގޭ ގައުމެކެވެ.

ރަޝިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން މާރިއާ ޒަޚަރޯފާ ވިދާޅުވި ގޮތުގައި ވަޒީރުގެ ދަތުރަކީ ތުރުކީގެ ޚާރިޖާ ވަޒީރު މަވްލޫތު ޗަވްސޯލޫގެ ދައުވަތަށް ކުރައްވާ ދަތުރެކެވެ.

މި ދަތުރުގައި ޔުކްރޭން ހަނގުރާމަ އާއި ގޮވާން ޑީލާއި ތުރުކީގައި ރަޝިއާއިން ތަރައްގީކުރާ ނިއުކްލިއާ ޕަވާޕްލާންޓް، އަދި ރަޝިއާގައި އުފައްދާ ފައިޓަރު ޖެޓްތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވާނެ އެވެ.

ސީރިއާގެ މަސްލަހަތާއި އަޒަރުބައިޖާންގެ ނަގޯނޯ ކަރަބާޚް އަދި އަފްޣާނިސްތާންއާ ބެހޭ ގޮތުންވެސް ދެ ވަޒީރުން މަޝްވަރާ ކުރައްވާނެ ކަމަށް މާރިއާ ޒަހަރޯފާ ވިދާޅުވި އެވެ.

ރަޝިއާ އާއި ތުރުކީ އަކީ ދޭތެރެ ދޭތެރެއިން މަޝްވަރާކުރާ ދެ ގައުމެވެ. ރައީސުންގެ ފެންވަރުގައި އަދި ވަޒީރުންގެ ފެންވަރުގައި ބައްދަލުވުންތައް އަބަދުވެސް ބާއްވަ އެވެ. މި ބައްދައްލުވުމުގައި -- ދެން އޮންނަ ބައްދަލުވުމަކަށް ތާރީޚް ކަނޑައަޅުއްވާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910