އޮބިޗުއަރީ

މެންބަރު ޔައުގޫބުގެ މަންމަ އަވަހާރަވެއްޖެ

Apr 3, 2023

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲގެ މަންމަ އަވަހާރަވެއްޖެ އެވެ.

ޔައުގޫބުގެ މަންމަ، ގއ. ދާންދޫ، ކަކާގެ ފާތިމަތު ސަކީނާ (77އ) އަވަހާރަވީ ރޭގެ ވަގުތެއްގަ އެވެ.

ޔައުގޫބުގެ މަންމަގެ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އާންމުން ދަނީ މެންބަރު ޔައުގޫބަށް ތައުޒިޔާ ކިޔަމުންނެވެ.