ރައީސް މުހައްމަދު ނަޝީދު

ނަޝީދު، ކޮމަންވެލްތުގެ ސެކެރެޓަރީ ޖެނެރަލާ ބައްދަލު ކުރައްވައިފި

Feb 1, 2016

އިމަޖެންސީކޮށް ކުރަންޖެހޭ އޮޕަރޭޝަނަކަށް އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކޮމަންވެލްތުގެ ސެކެރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރްމާއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

ނަޝީދާއެކު މި ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ ވެސް ބައިވެރިވެ ވަޑައިގަތެވެ. މީގެ ކުރިން ނަޝީދު ވަނީ އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމަރަންއާ ވެސް ބައްދަލު ކުރައްވައި އަދި ނިއުސް ކޮންފަރެންސެއްވެސް ބާއްވާފަ އެވެ.