ޕްރޮމޯޝަން

އީވޯ ހޯމް އަހަރީ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

Feb 1, 2016

ބޮޑެތި ޑިސްކައުންޓުތަކާއެކު އީވޯ ހޯމް އިން ކުރިއަށް ގެންދިޔަ "އަހަރީ ޕްރޮމޯޝަން" ގެ ނަސީބުވެރިން ހޮވައިފި އެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވެގެން ބޭނުން އިނާމެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބުނެވެ. މި ޕްރޮމޯޝަންގައި ދޭ އިނާމުތަކުގެ ތެރޭގައި ސީމަންސް ބްރޭންޑުގެ ދޮންނަ މެޝިނާއިއައިސްއަލަމާރި އަދި ކުކަރުގެ އިތުރުން އެލްޖީ ބްރޭންޑުގެ އެއާކޯން އަދި ޓީވީ ވެސް ހިމެނެ އެވެ.

އީވޯ ހޯމް އަހަރީ ޕްރޮމޯޝަންގެ އައިސްއަލަމާރީއެއް ލިބުނުނީ އާޔަތުﷲ އަށެވެ. އަދި ހަސަން ސުހައިލަށް ދޮންނަ މެޝިން ލިބުނުއިރު، އެއާކޯން ލިބުނީ ނާދިރާ އަށެވެ.މީގެ އިތުރުން ކުކަރު ނަޒްހަތު އިބްރާހިމަށް ލިބުނުއިރު، ޓީވީ ލިބުނީ އިބްރާހިމް ނަޖާހަށެވެ.

އީވޯ ހޯމްއިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭ ގޮތަށް ބޭއްވި މި ޕްރޮމޯޝަންގައި މުދަލުން 70 ޕަސަންޓް ދިނެވެ.