ބޮޑުތަކުރުފާނު މަގުގައި ކާއެއްޗެހީގެ ބާވަތްތައް ވިއްކާ ގާޑިއާތައް ހައުސިން މިނިސްޓްރީގައި ރަޖިސްޓްރީ ކުރަން އަންގައިފި އެވެ.
މިނިސްޓްރީން މިރޭ ބުނީ މާލޭގެ ދެކުނު ފަރާތު، ބޮޑުތަކުރުފާނު މަގުގައި ބަހައްޓައިގެން ކާބޯތަކެތި ވިއްކާ ގާޑިއާތައް ހަތް ދުވަހުގެ ތެރޭގައި އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށް ނަގަންޖެހޭ އެހެން ހުއްދަތައް ނަގަންޖެހޭނެ ކަމަށެވެ.
އަދި ބުނީ އެ މުއްދަތުގެ ތެރޭގައި މިނިސްޓްރީގައި ރަޖިސްޓްރީ ނުކުރާ ގާޑިޔާތައް ތަކެއްޗާއެކު މިނިސްޓްރީން ނަގާނެ ކަމަށާއި ގާޑިޔާތައް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދާއިރު ލިބޭ އެއްވެސް ގެއްލުމަކަށް މިނިސްޓްރީ ޒިންމާ ނުވާނެ ކަމަށެވެ.
މާލޭގެ ދެކުނު ފަރާތުގައި ގާތްގަނޑަކަށް 30 ގާޑިޔާ ބާއްވައިގެން ވިޔަފާރި ކުރެއެވެ.