އުރީދޫ

އުރީދޫގެ މޫލީގައި ވާވޭ ވޮޗް ބަޑްސް ތައާރަފުކޮށްފި

އުރީދޫ މޯލްޑިވްސްގެ އީ-ކޮމާސް ޕްލެޓްފޯމް ކަމަށްވާ މޫލީގައި ވާވޭ ވޮޗް ބަޑްސް ތައާރަފުކޮށްފި އެވެ.

ވާވޭ ވޮޗް ބަޑްސް އަކީ އިއާބަޑްސްގެ ސިފަތައް އެކުލެވޭ އީޖާދީ ސްމާޓް ގަޑިއެކެވެ. ވާވޭ ވޮޗް ބަޑްސް އުފައްދާފައިވަނީ ކަސްޓަމަރުން އިތުރު ފަސޭހަކަމާއެކު ގުޅުވާލަދޭ ސިފަތައް ހިމަނައިގެންނެވެ.

އެންމެ ކޮލިޓީ އަދި ސާފު އަޑުލިބޭ މި ޑިވައިސްއަކީ އާންމުކޮށް ދަތުރުކުރާ މީހުންނަށް ވަރަށް ފުރިހަމަ ޑިވައިސްއެކެވެ. މީގެ އިތުރުން ތުނި ރީތި ޑިޒައިނާއެކު އުފައްދާފައިވާ ވާވޭ ވޮޗް ބަޑްސް އަކީ މިއުޒިކަށް ލޯބިކުރާ މީހުންނަށްވެސް އެންމެ ފުރިހަމަ ފަހުގެ ގެޖެޓެވެ.

މޫލީގައި ވާވޭ ވޮޗް ބަޑްސް ތައާރަފު ކުރުމުގެ އުފާ ފާޅުކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސް އިން ހާއްސަ އޮފާއެއްގެ ދަށުން މި ގަޑި ވިއްކަނީ 6،999 ރުފިޔާއަށެވެ. މި ހާއްސަ އަގުގައި ކަސްޓަމަރުންނަށް ވާވޭ ވޮޗް ބަޑްސް ގަތުމުގެ ފުރުސަތު ވަނީ މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ.

މި ޑިވައިސްގެ މައިގަނޑު ސިފަތަކުގެ ސަބަބުން ވާވޭ ވޮޗް ބަޑްސް އަކީ އަޑު އަހާލުމުގެ ތަޖުރިބާއަށް ފެންވަރު ރަނގަޅު އަޑާއި އެޑްވާންސް ފަންކްޝަނަލިޓީ ފޯރުކޮށްދޭ ގެޖެޓެކެވެ.

ވާވޭ ވޮޗް ބަޑްސްގެ ބައެއް ސިފަތައް

  • އެއް ގެޖެޓެއްގައި އިއާބަޑްސް އަދި ސްމާޓްވޮޗް
  • ސާފު ރީތި އަދި ކޮލިޓީ އަޑު
  • ތުނި އަދި ޒަމާނާ އެއްގޮތް ޑިޒައިން
  • ހައިބްރިޑް އެކްޓިވް ނޮއިސް ކެންސަލޭޝަން
  • ކޮލިޓީ އަޑާއެކު ކޯލްތަކަށް ދެ މައިކްރޯ ފޯނާއި ނޮއިސް ރިޑަކްޝަން
  • އެއް ޗާޖަކުން 10 ގަޑިއިރާއި ހަމައަށް ބެޓަރި ހިފަހައްޓާ (ޗާޖިން ކޭސްއާއެކު 30 ގަޑިއިރު)

ޓަޗް ކޮންޓްރޯލްއާއެކު ވޮޗް ބަޑްގެ ބޭނުންކުރަން ފަސޭހަވެ އެވެ. ވާވޭ ވޮޗް ބަޑްސްގައި ސްޓޭބަލް އަދި ފާސްޓް ކަނެކްޝަން ބްލޫޓޫތު ހިމެނެ އެވެ.

މޫލީ ވެބްސައިޓް މެދުވެރިކޮށް ވާވޭ ވޮޗް ބަޑްސް ގަނެވޭނެ އެވެ.

މޫލީ މެދުވެރިކޮށް ވާވޭ ވޮޗް ބަޑްސް ގަތުމުން ކަސްޓަމަރުންނަށް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ޑެލިވާ ކޮށްދޭނެ އެވެ.