ހަބަރު

ރާއްޖޭގެ ވިޔަފާރިއަށް ބޭނުން ކުރި ބޮލީގެ ދިރާސާތަކެއް ފަށައިފި

Feb 2, 2016

ރާއްޖޭގައި ކުރިން ވިޔަފާރި ކުރުމަށް ބޭނުން ކުރި ބޮއްޔާއި ޕޮޓަރީއާބެހޭ ދިރާސާތަކެއް ކުރަން ޔުނިވާސިޓީ އޮފް އެންގްލިއާގެ ޓީމެއް ރާއްޖެ އައިސް މަސައްކަތް ފަށައިފި އެވެ.

ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން ބުނީ މި ދިރާސާގެ މަސައްކަތުގައި ކުރީގެ ބައެއް ބޭނުންތަކަށް ބޭނުންކޮށްފައިވާ ފާހަގަކޮށްލެވޭ ސަރަހައްދުތައް ކޮނެ އެ ތަންތަނުން ފެންނަ ތަކެތި ދިރާސާކޮށް އެއީ ކިހާ ކުރީގެ ތަކެއްޗެއްކަން ދެނެގަންނާނެ ކަމަށާއި ދިރާސާ ޓީމުގައި އެ ޑިޕާޓްމަންޓްގެ އާކިއޮލޮޖިސްޓަކުވެސް ބައިވެރިވާނެ ކަމަށެވެ.

މި ދިރާސާތައް ކުރުމުގައި ހއ. އުތީމުގެ ބޯޅަދަނޑުގެ ސަރަހައްދަކާއި ގަނޑުވަރު ހިމެނޭ ސަރަހައްދުގެ ބައެއް ވަނީ މިހާރު ކޮނެފަ އެވެ. އަދި މިހާރު ކުރިޔަށްދަނީ މާލޭގެ ގަނޑުވަރު ހުރި ސަލްޓަންޕާކް ކޮނުމުގެ މަސައްކަތެވެ.