ފޮރިން މިނިސްޓްރީ

ވިސާ ނެތި ބުރުންޑީއަށް ދެވޭނެ ގޮތް ހަމަޖެހިއްޖެ

Apr 27, 2023

ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ބުރުންޑީއަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިއްޖެ އެވެ.

އދގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަންގައި އޮތް މިކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރި ފަހުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ދިވެހިރާއްޖެއާއި ބުރުންޑީއާ ދެމެދު ނިއުޔޯކްގައި ސޮއިކުރެވުނު މިއުޗުއަލް ވިސާ އެގްޒެމްޝަން އެގްރީމަންޓް އުފަލާއެކު ބަލައިގަންނަ ކަމަށެވެ.

މި އެއްބަސްވުމުގެ ސަބަބުުން ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ހިނގާ މުއާމަލާތްތައް އިތުރުވެ، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެކަން ޔަގީން ކުރައްވާ ކަމުގައިވެސް ޝާހިދު ވިދާޅުވި އެވެ.

ބުރުންޑީއާ އެކު ރާއްޖެއިން ސޮއި ކުރި އެއްބަސްވުމާ ގުޅިގެން ދެ ގައުމުގެ ރައްޔިތުންނަށް އެއް ގައުމު އަނެއް ގައުމަށް 30 ދުވަހުގެ މުއްދަތަށް ވިސާ ނެތި ދަތުރު ކުރެވޭނެ އެވެ.

ކުރިން ވިސާ ނެގުމަކާ ނުލައި، 93 ގައުމަށް މިހާރު ދިވެހިންނަށް ދަތުރުކުރެވޭނެ އެވެ.