ދިވެހި އިންޑިއާގެ ގުޅުން

އިންޑިއާގެ ޑިފެންސް މިނިސްޓަރު ފުރާވަޑައިގެންފި

އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް ރާއްޖެއިން ފުރާވަޑައިގަތުމުގެ ކުރިން ވީއައިއޭގައި މިނިސްޓަރު މާރިޔާ އަރިހުގައި
0%
0%
0%

އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގެންފި އެވެ.

ރާޖްނަތު މިދިޔަ ހޯމަ ދުވަހު ރާއްޖެއަށް ފެއްޓެވި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައީއޭ) އިން އެމަނިކުފާނަށް މަރުހަބާ ދެންނެވީވެސް އަދި މިއަދު އަލްވަދާއު ވިދާޅުވީވެސް ރާއްޖޭގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާއި ސިފައިންގެ އިސްވެރިންނެވެ.

ޑިފެންސް މިނިސްޓަރު ރާޖްނާތުގެ ދަތުރުފުޅުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރާއްޖެގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ ބައްދަލުކުރައްވާ ދެ ގައުމުގެ ގުޅުންތައް އިތުރަށް ބަދަހިކުރަން މަޝްވަރާކުރައްވާފައިވެ އެވެ.

ރާޖްނަތުގެ މިދަތުރުފުޅުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައިވާ ކޯސްޓްގާޑު އުޅަނދު -- ހުރަވީގެ ބަދަލުގައި ވަސީލަތްތައް ގިނަ ޒަމާނީ އާ އުޅަނދެއް ހަދިޔާކުރެއްވި އެވެ. އަދި އަސްކަރީ ބައެއް އެހީތައް ވެސް ރާއްޖެއަށް ދީފައިވެ އެވެ.

އިންޑިއާ އިން ހުރަވީ ހަދިޔާކުރީ އޭޕްރީލް 16، 2006 ގައި ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގަ އެވެ.

ހުރަވީގެ ބަދަލުގައި އާ ކޯސްޓްގާޑެއް ހަދިޔާކުރަން އިންޑިއާ ސަރުކާރުން ނިންމީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިދިޔަ އަހަރުގެ އޮގަސްޓް މަހު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910