ދިވެހި އިންޑިއާގެ ގުޅުން

އިންޑިއާގެ ޖުމްހޫރީ ހަފުލާގައި ސަރުކާރުގެ އިސްވެރިން ބައިވެރިނުވި

އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާ -- ފޮޓޯ: އިންޑިއާ ހައިކޮމިޝަން
0%
0%
0%

އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފުލާއަށް ސަރުކާރުގެ އިސްވެރިން ވަޑައިނުގެންނެވި އެވެ.

އެ ގައުމުގެ 75 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ރާއްޖޭގައި ހުންނަ އެގައުމުގެ ހައިކޮމިޝަނުން ރޭ ހޮޓެލް ޖެންގައި ބޭއްވި ހަފުލާއަށް ސަރުކާރުގެ އިސްވެރިންނަށް ވަނީ ދައުވަތު ދެއްވާފަ އެވެ.

ރައީސް އޮފީހުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ސަރުކާރުގެ އިސްވެރިންނަށް އެ ހަފުލާގައި ބައިވެރިވެވަޑައިނުގެންނެވުނީ "ވަގުތު ނުވެގެން" ނެވެ.

މި ހަފުލާ ޝަރަފުވެރިކޮށްދެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝެރީން އަބްދުލްސަމަދެވެ.

މި ހަފުލާގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އިތުރުން އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި މާލޭގެ މޭޔަރު އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވި އެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް މީގެ ކުރިން ބޭއްވި ހަފުލާތަކުގައި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910