ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ކުރީގެ ނޫސްވެރިޔާ އަޒްމޫން އަހްމަދު އައްޔަންކޮށްފި އެވެ.
އަޒްމޫން މިހާތަނަށް ހުންނެވީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ ޕާސަނަލް އެސިސްޓެންޓަކަށެވެ.
އަޒުމޫން ޑެޕިއުޓީ މިނިސްޓަރު ކަމަށް އައްޔަންކުރި ދުވަހެއް ސާފުކުރުމަށް ރައީސް އޮފީހަށް ގުޅި ނަމަވެސް ޖަވާބެއް ނުލިބެ އެވެ. ނަމަވެސް ރައީސް އޮފީހުގެ ވެބްސައިޓްގައި ޑެޕިއުޓީ މިނިސްޓަރުންގެ ބައިގައި އަޒުމޫންގެ ފޮޓޯއާއި ނަން ހިމަނާފައިވެ އެވެ.
އަޒްމޫންއާ އެކު ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި އަށް ބޭފުޅުން އެބަތިއްބެވި އެވެ.
މީގެއިތުރުން ޔޫތު މިނިސްޓްރީގައި ދެ ސްޓޭޓް މިނިސްޓަރުންވެސް ތިއްބަވަ އެވެ.