މުހައްމަދު ނާޒިމް

ރައީސް ސޯލިހް އާއި ދެ މިނިސްޓަރުން ވަކިކުރަން އެމްއެންޕީން ހުށަހަޅަނީ

އެމްއެންޕީގެ ޖަލްސާއެއްގައި މުހައްމަދު ނާޒިމު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އަވަސް
0%
0%
100%

ޗާގޯސް މައްސަލައިގައި ރާއްޖޭގެ ސަރަހައްދެއް ގެއްލިފައިވާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އާއި މައްސަލައިގައި ގޯސް ހެދި ވަޒީރުން މަގާމުން ވަކިކުރުމުގެ މަސައްކަތް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ކުރާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި ރިޔާސީ ކެނޑިޑޭޓު މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.

"ރައްޔިތުންގެ އުދާސް" ގެ ނަމުގައި އެމްއެންޕީން ރޭ ބޭއްވި ޖަލްސާގައި ދަނގެތި ދާއިރާގެ މެންބަރު ނާޒިމު ވިދާޅުވީ ޗާގޯސް މައްސަލައިގައި ރައީސް ސޯލިހްގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި ބަންޑާރަނައިބު އިބްރާހީމް ރިފްއަތު ވަކިކުރުމުގެ މަސައްކަތް އެޕާޓީން ރައްޔިތުންގެ މަޖިލީހުގައި ކުރާނެ ކަމަށެވެ.

ޗާގޯސް މައްސަލައިގައި އަމަލުކޮށްފައިވާ ގޮތަކީ ރައީސް މަގާމުން ވަކިކުރަންޖެހޭ ވަރުގެ ނުރައްކާތެރި ކަމެއްގެ ގޮތުގައި ނާޒިމު ފާހަގަކުރެއްވި އެވެ.

"މިކަމުގައި (ޗާގޯސް މައްސަލަ) ބައިވެރިވި ދެ މިނިސްޓަރުން. އެއީ މިނިސްޓަރު އަބްދުﷲ ޝާހިދު އާއި (ބަންޑާރަނައިބު) ރިފްއަތު އަދި އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑުމެން އަޒުލުކުރުމުގެ މަސައްކަތް، އެބޭފުޅުން ވަކިކުރުމަށްޓަކާ މަސައްކަތްކުރާނަން،" ނާޒިމު ވިދާޅުވި އެވެ.

ނާޒިމު ވިދާޅުވި ގޮތުގައި އެމްއެންޕީގެ ސިޔާސަތަކީ ރާއްޖެއިން އެންމެ އިންޗިއެއްވެސް ގެއްލިގެން ނުދިއުމުގެ ސިޔާސަތެވެ.

"ސަރުކާރުން ބޮޑު ބައެއް މޮރިޝަސްއަށް ދޫކޮށްލި ދޫކޮށްލުމަކީ ސަރުކާރުން ފުރިހަމައަށް އިހުމާލުވާންޖެހޭ ކަމެއް،" ނާޒިމު ވިދާޅުވި އެވެ.

ނާޒިމު ވިދާޅުވީ އެއްގަމާއި ކަނޑާއި ވައިގެ މިނިވަންކަމަކީ ވަރަށް މުހިންމު މިނިވަންކަމެއް ކަމަށާއި 44،000 އަކަކިލޯމީޓަރު ގެއްލިގެންދިޔައިރު އެތަނުގައި ހުރި ރިސޯސަސްގެ ވާހަކަ ދައްކަންޖެހޭ ކަމަށެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އަލްސަން

އެބޭފުޅުން މަސައްކަތް ކުރައްވަމުން އެގެންދެވީ ދިވެހިރާއްޖޭގެ އާއި ދިވެހި ރައްޔިތުންގެ ހައްގުގައި އެއްނޫން

ސޫމާ

އަގެއް ފިކުރެއް ނެއި ބައެއް ސަރުކާރުގެ މަގާމުތަކުގައި ބަހައްޓައިގެން ނުވާނެ.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910