މޯލްޑިވްސް ޕޮލިސް ސާވިސް

އާންމު ތަނެއްގައި ޖިންސީ ގުޅުން ހިންގި މައްސަލައެއް ބަލަނީ

May 16, 2023
1

ހުޅުމާލޭގެ އާންމު ތަނެއްގައި ދެ މީހަކު ޖިންސީ ގުޅުން ހިންގި މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

މިމައްސަލަ ބަލަން ފެށީ ހުޅުމާލޭގެ ގޮނޑުދޮށުގައި ދެ މީހަކު ޖިންސީ ގުޅުން ހިންގަނީ ކަމަށް ބުނެ ނަގާފައިވާ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމާ ގުޅިގެންނެވެ.

މިވީޑިއޯ އާންމުވުމާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކަށް އަމާޒުވެފައިވެ އެވެ.

ވީޑިއޯއަށް ކޮމެންޓް ކުރި ބައެއް ބުނި ގޮތުގައި އާންމު ތަންތަނުގައި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު އަމަލުތައް ހިންގުން މިހާރު ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ.

ވީޑިއޯގެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް މައްސަލައިގެ ތުހުމަތުގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.