ހަބަރު

ދިރާގު "ސްމާޓް ފޯން ގިވް އަވޭ، އެވްރިޑޭ" ގެ ނަސީބުވެރިންނަށް ފޯނުދީފި

ދިރާގުން އާއަހަރު ފެށުމުގެ މުނާސަބަތުގައި ފެށި "ސްމާޓް ފޯން ގިވް އަވޭ، އެވްރީ ޑޭ" މި ޕްރޮމޯޝަންގެ ދަށުން ތިން ވަނަ ހަފްތާގެ ނަސީބުވެރި ފަރާތްތަކަށް ހިލޭ ސްމާޓް ފޯނު ދީފި އެވެ.

މިއީ ދިރާގުން 2016 ވަނަ އަހަރުގެ ތަހުނިޔާ ކިއުމުގެ ގޮތުން އެކުންފުނީގެ ކަސްޓަމަރުންނަށް މިދިޔަ މަހު 11 ވަނަ ދުވަހު ފެށި ޕްރޮމޯޝަން ގައި ގުރުވަތުން ހޮވޭ ކޮންމެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ފޯނުތައް ލިބެއެވެ. އެގޮތުން އެޕަލް އައިފޯން 6 އެސް އާއި އެޕަލް އައިފޯން 6 ޕްލަސް އަދި ސެމްސަންގް ގެލެކްސީ އެސް 6 އެޖް އާއި ސެމްސަންގް ގެލެކްސީ އެސް 6 އެޖް ޕްލަސްގެ ފޯނު ދިރާގުން ހިލޭ ދޫކުރެއެވެ.

އެގޮތުން މިރޭ ދިރާގު ހެޑް އޮފީހުގައި ވަނީ ކުރިޔާ ހިލާފަށް "ސްމާޓް ފޯން ގިވް އަވޭ، އެވްރީ ޑޭ" ޕްރޮމޯޝަން ކުލަގަދަކޮށް ފާހަގަ ކޮށްފަ އެވެ. އަދި ދިރާގުގެ ޕޯސްޓްޕެއިޑް ކަސްޓަމަރުން ތެރެއިން ނަސީބުވެރި 10 ފަރާތަކަށް މިރޭ ވަނީ ފޯނު ހަވާލުކޮށްފަ އެވެ.

ޕްރޮމޯޝަންގެ ތިން ވަނަ ހަފްތާގައި ގުރުއަތުން ހޮވުނު ފަރާތްތަށް:

- ކ. މާލެ، ހ. ހަތިހާ، ޒަހާ ވަހީދު
2- ކ. މާލެ، ހ. ޝޯޓެއިލް ވިލާ، މުހައްމަދު އިސްމާއިލް
3- ސ. މަރަދޫފޭދޫ، ތަރި، މުހައްމަދު ނަސީމް
4- ކ. މާލެ، ހ. ކްރެސްޓް، އަހުމަދު ޝުހާދު
5- ކ. ހުރާ، ރޯސް، އަބްދުއްރަހްމާން ސަލާހު ރަޝީދު
6- ސ. ހުޅުދޫ، އެވަރ ގްރީން، އިބްރާހިމް ލުތުފީ
7- ކ. މާލެ، މއ. ސިއާ، ހާމިދު ރިޒާ
8- ހއ. ތުރާކުނު، ނޫކޮކާގެ، މުހައްމަދު އަބްދުލް ލަތީފް
9- ހއ. ބާރަށް، ކޫލް ހައުސް، މޫސާ ނިޔާޒް
10- ގދ، ދެއްވަދޫ، ހުސްނާގެ، އިބްރާހިމް ދީދީ

ދިރާގުން ބުނީ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ފޯނެއް ލިބުމުގެ ފުރުސަތު އޮންނަ މި ޕްރޮމޯޝަންގައި ބައިވެރި ވުމަށް ކަސްޓަމަރު އެއްވެސް ކަމެއް ކުރާކަށް ނުޖެހެ ކަމަށާއި އެކްޓިވް ހުރިހާ ކަސްޓަމަރުން މެދުގައި ގުރުއަތުން ހޮވޭނީ ކަމަށެވެ.

މި ޕްރޮމޯޝަނަކީ ޕޯސްޓްޕެއިޑް ކަސްޓަމަރުނަށް ހާއްސަ ކުރެވިގެން ކުރިޔަށް ގެންދާ ޕްރޮމޯޝަނަކަށް ވީކަމުގައި ވީނަމަވެސް ދިރާގުން ބުނީ މިފަދަ އެހެނިހެން ހަރަކާތްތައް އެކުންފުނީގެ އެހެން ޕްރޮޑަކްޓުތަކާއި ހިދުމަތްތައް ބޭނުން ކުރާ ފަރާތްތަކަށް ވެސް މިއަހަރު ކުރިޔަށް ގެންދަވާނެ ކަމަށެވެ.