ހަބަރު

ގޭބަންދުގައި ހުރި ހާމިދު ސޭޓް ހައްޔަރުކޮށްފި

Feb 5, 2016

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ، އަހުމަދު އިސްމާއިލް (ހާމިދު ސޭޓް) ގޭބަންދުގައި ހުއްޓާ އަނެއްކާ ވެސް ހައްޔަރު ކޮށްފި އެވެ.

ހައްޔަރުގައި ހުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޮޑު ބޭބެއެއް ކަމަށްވާ ހާމިދު މިފަހުން ވަނީ ޖަލު ބަންދުން ގެއަށް ބަދަލު ކުރުމަށް ކޯޓުން އަމުރުކޮށްފަ އެވެ. އެހެން ނަމަވެސް ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުން އޭނާ ރޭ ހައްޔަރު ކުރީ އެކޯޓްގައި ހިނގަމުންދާ މައްސަލަ ނިމެންދެން ހައްޔަރުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރަން ނެރުނު އަމުރަކާ ގުޅިގެންނެވެ.

ހާމިދުގެ ވަކީލު ވެސް އެކަން ކަށަވަރުކޮަށްދެ އެވެ. ހާމިދުގެ މައްޗަށް ތުހުމަތު ކުރެވިފައި ވަނީ އެމްއެމްޕީއާރުސީއަށް ލިބުނު ގިނަ އަދަދެއްގެ ފައިސާ، އެމްއެމްޕީއާރުސީގެ އެކައުންްޓް ނޫން އެހެން އަމިއްލަ ފަރާތްތަކެއްގެ އެ ކައުންޓަށް އެ ފައިސާ ޖަމާކުރުމަށް އެހީވެދިން ކަމަށެވެ.