ބޮލީވުޑް

"ގުމް ހެ ކިސީ ކޭ ޕިޔާރް މޭ": ނީލް އާއި އައިޝާ ވެސް ޝޯ އިން ވަކިވަނީ!

ނީލް އާއި އައިޝްވަރިޔާ ޝަރުމާ
0%
0%
0%

ސްޓާ ޕްލަސްގެ މަޝްހޫރު ޑްރާމާ "ގުމް ހެ ކިސީ ކޭ ޕިޔާރް މޭ"ގައި ލީޑް ރޯލު ކުޅުނު އެއް ބަތަލާ އައިޝްވަރިޔާ ޝަރުމާ މީގެ ދުވަސްކޮޅެއް ކުރިން ވަނީ ޝޯ އިން ވަކިވެފަ އެވެ.

އައިޝްވަރިޔާ އަކީ މި ޝޯގައި ލީޑް ރޯލު ކުޅޭ އެކްޓަރު ނީލް ބަޓްގެ އަސްލު އަނބިމީހާ އެވެ.

ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި މި ޑްރާމާގައި މިހާރު ލީޑް ރޯލު އަދާކުރަމުންދާ ތިން އެކްޓަރުން ކަމަށްވާ ނީލް ބަޓް އާއި އައިޝާ ސިންގް އަދި ހަރްޝަދް އަރޯރާވެސް ޝޯ އާ ވަކިވާން ނިންމައިފި އެވެ.

މި ހުރިހާ އެކްޓަރުން ޝޯ އިން ވަކިވަނީ މި ޑްރާމާގެ ވާހަކަ 20 އަހަރު ފަހަށް ޖައްސާލަން ހަމަޖެހިފައިވާތީ އެކަމާ ހިތްހަމަނުޖެހިގެންނެވެ.

ބައެއް ޚަބަރުތައް ބުނާ ގޮތުގައި ނީލް އާއި އައިޝާ އަދި ހަރްޝަދު ޝޯއިން ވަކިވުމުން ދެން ޑްރާމާ 20 އަހަރު ކުރިޔަށް ޖައްސާލައި ދެން އެންމެ މުހިއްމު ބައެއް ޑްރާމާގައި ކުޅޭނީ ވީނޫ އާއި ސާވީގެ ކެރެކްޓާ އެވެ. ނަމަވެސް މި ތިން އެކްޓަރުން ޝޯ އިން ވަކިވާކަން އަދި ޗެނަލުން ޔަގީންކޮށްދީފައެއް ނުވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910