ހަބަރު

އުމަރު ޗުއްޓީއަށް، ހޯމް މިނިސްޓްރީ ހިންގުން އާޒިމާއަށް

Feb 5, 2016

ހޯމް މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން، ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރާ ރައީސް މިއަދު ހަވާލު ކުރައްވައިފި އެވެ.

ހޯމް މިނިސްޓްރީގެ ރަސްމީ ޓްވިޓަ އެކައުންޓުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، އުމަރު ނަސީރު ޗުއްޓީއެއް ނަންގަވާފައިވާ ކަމަށެވެ. އެހެންވެ، މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން ރައީސް ހަވާލު ކުރެއްވީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު، އާޒިމާ އާ ކަމަށް ވެސް ޓްވީޓްގައިވެ އެވެ. އާޒިމާ ގެންދަވަނީ ބޭރު ގައުމުތަކުގައި ރާއްޖޭގެ ތަސައްވަރު ކިލަބު ކުރަން އިދިކޮޅު ފަރާތްތަކުން ކުރައްވައި މަސައްކަތްތަކާ ދެކޮޅަށް މަސައްކަތްތައް ކުރައްވަމުންނެވެ.

އުމަރު ރޭގެ ވަގުތެއްގައި އަމިއްލަ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ވަނީ ވަޑައިގެންފަ އެވެ. މިފަހަކަށް އައިސް ހޯމް މިނިސްޓަރު އުމަރު ނަސީރު ވެވަޑައިގެންފައި ވަނީ އެންމެ ބޮޑަށް އިދިކޮޅު ފަރާތްތަކުން ފާޑު ވިދާޅުވާ މިނިސްޓަރަށެވެ. އުމަރު ގެންދަވަނީ އިދިކޮޅު ފަރާތްތަކަށް ހޫނު ރައްދުތަކެއް ދެއްވަމުންނެވެ.