އުރީދޫ

އުރީދޫ ޕަބްޖީ ޗެމްޕިއަންޝިޕަށް ކޮލިފައިވުމުގެ ފަހުގެ ފުރުސަތު

އުރީދޫ މޯލްޑިވްސް ޕަބްޖީ ޗެމްޕިއަންޝިޕްގެ ވައިލްޑް ކާޑް ރައުންޑްގައި މާދަމާގެ ކުރިން ރެޖިސްޓާވެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ވައިލްޑް ކާޑް އަކީ 100،000ރ ފައިސާގެ އިނާމު ލިބޭ ޕަބްޖީ ޗެމްޕިއަންޝިޕް އަށް ކޮލިފައިވުމުގެ ފަހުގެ ފުރުސަތެވެ. ވައިލްޑް ކާޑްގައި ބައިވެރިވުމަށް ބޭނުންވާ މީހުންނަށް މާދަމާ ރޭ 12:00 ގެ ކުރިން އުރީދޫ ވެބްސައިޓް މެދުވެރިކޮށް ރެޖިސްޓާވާން ޖެހެ އެވެ.

އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް ވައިލްޑް ކާޑް އަކީ 100،000 ރުފިޔާގެ ގްރޭންޑް ޕްރައިޒް ޕޫލަކާއެކު އަންނަ މަހު ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ޕަބްޖީ ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދޭ އެންމެ ފަހުގެ ކޮލިފައިންގް ޓޯނަމަންޓެވެ. މިދިޔަ އަހަރުން ފެށިގެން ކޮންޓެންޑާ ކޮލިފައިންގް ސިލްސިލާއެއް ބާއްވާ މިހާރު ވަނީ ނުވަ ޓީމަކުން އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ޖާގަ ހޯދާފަ އެވެ.

މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ގޭމަރުން އެފަރާތެއްގެ ޓީމްތައް ރަޖިސްޓްރީކޮށް ވައިލްޑް ކާޑްގައި ވާދަކޮށް އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގެ އޮފިޝަލް ޓޯނަމަންޓްގައި ވާދަކުރެވޭނެ އެވެ.

އުރީދޫން ބުނީ ހުކުރު ދުވަހު ބާއްވާ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމުތަކުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 250 ރުފިޔާގެ އިތުރުން ޓީމު މެންބަރުންގެ މައުލޫމާތާއި ޓީމު ލޯގޯ މާދަމާގެ ކުރިން ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހެ އެވެ.

އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގައި ޖުމްލަ 16 ޓީމުން ވާދަކުރާއިރު ނުވަ ޓީމެއް މިހާރު ވަނީ މި މުބާރާތުން ޖާގަ ހޯދާފަ އެވެ. ވައިލްޑް ކާޑްގައި ވާދަ ކުރާ ޓީމުތަކުގެ ތެރެއިން އެންމެ ގަދަ ހަތް ޓީމަކަށް ބާކީ ހުރި ޖާގަ ލިބޭނެ އެވެ.