މޯލްޑިވްސް ޕޮލިސް ސާވިސް

ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ކުޑަކުއްޖަކު ޒަހަމްކޮށްލައިފި

ހުޅުމާލޭގެ ހިޔާ ޓަވަރެއްގައި ތޫނު އެއްޗަކުން ހަމަލާދީ ކުޑަކުއްޖަކު ޒަހަމްކޮށްލައިފި އެވެ.

ފުލުހުން ބުނީ މިމައްސަލަ މިއަދު ހަވީރު 5:20 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ހަމަލާދީ ޒަހަމްކޮށްލާފައިވަނީ 18 އަހަރުން ދަށުގެ ފިރިހެން ކުއްޖެކެވެ. އޭނާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ.

ފުލުހުން ބުނީ ޒަހަމްވި ކުއްޖާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

މިހަމަލާއާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ނުބުނެ އެވެ.

ޒަހަމްވި ކުއްޖާގެ ވީޑިއޯ ސޯޝަލްމީޑިއާގައި އާންމުކޮށްފައިވާއިރު ވީޑިއޯ އިން ފެންނަނީ ކުއްޖާގެ ހަށިގަނޑު ލޭ އަންނާތީ ފޮތިގަނޑެއް އޮޅައިގެން ލޭމަނާކުރަން ފުލުހުން ކުރާ މަސައްކަތެވެ.