މޯލްޑިވްސް ޕޮލިސް ސާވިސް

ގެއްލިގެން ހޯދަމުން ދިޔަ އަންހެން ކުއްޖާ ފެނިއްޖެ

ގެއްލިގެން ހޯދަމުންދިޔަ އަންހެން ކުއްޖާ ފެނިއްޖެ އެވެ.

ގެއްލިގެން ހޯދަމުން ދިޔައީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރެއްގައި ދިރިއުޅޭ ރ. އިނގުރައިދޫ، ކަނބުރުގެ، އައިޝަތު ޒީވާ ސައީދު (13 އަހަރު) އެވެ.

ފުލުހުން ބުނި ގޮތުގައި އެ ކުއްޖާ ފެނިފައިވަނީ މިއަދު 12:15 ހާއިރު މާލެއިން ނެވެ.

އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އެ ކުއްޖާގެ ހަބަރެއް ނުވެގެން އާއިލާއިން ފުލުހުންނަށް ރިޕޯޓްކުރީ ރޭ 7:45 ހާއިރު އެވެ.