މޯލްޑިވްސް ޕޮލިސް ސާވިސް

އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި

އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ހޯދަމުން ދަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރެއްގައި ދިރިއުޅޭ ރ. އިނގުރައިދޫ، ކަނބުރުގެ، އައިޝަތު ޒީވާ ސައީދު (13 އަހަރު) އެވެ.

ފުލުހުން ބުނީ އާއިލާއަށް ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ބުނެ ރިޕޯޓްކޮށްފައިވަނީ ރޭ 07:45 ހާއިރު ކަމަށެވެ.

ޒީވާ އެންމެ ފަހުން ފެނިފައިވަނީ އިއްޔެ އިރުއޮއްސި 6:00 ހާއިރު އެ ކުއްޖާ ދިރިއުޅޭ އެޕާޓްމަންޓުން ކަމަށާއި އޭރު ކުއްޖާ ލައިގެން ހުރީ ބެއިޖް ކުލައިގެ ޓޮޕަކާއި ހަމަ އެކުލައިގެން ޕޮކެޓް ޖިންސެއް ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ޒީވާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަން ނަންބަރު 3035336 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށްވެސް ފުލުހުން ވަނީ އެދިފަ އެވެ.