އެކްސިޑެންޓްވުމުން ރިޕޯޓް ނުކޮށް ސީން ދޫކޮށް ދިިޔަ މައްސަލައަކާ ގުޅިގެން ބަޔަކު ހޯދަން ފަށައިފި އެވެ.
ވީޑިއޯ އިން އެނގޭ ގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ ގައެވެ.
ފުލުހުން ވަނީ ހޯދަން ބޭނުންވާ މީހުންނާ ގުޅޭ ވީޑިއޯއެއްވެސް ސޯޝަލްމީޑިއާގައި ހިއްސާކޮށްފަ އެވެ.
ފުލުހުން މިރޭ ބުނީ ވީޑިއޯ އިން ފެންނަ މީހުންނަކީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، އެކްސިޑެންޓްގެ މައްސަލައަކާ ގުޅިގެން ހޯދަމުންދާ ކަމަށެވެ. އެކްސިޑެންޓް ވުމުން ރިޕޯޓްނުކޮށް ސީން ދޫކޮށް ގޮސްފައިވާ މައްސަލައަކާ ގުޅިގެން ހޯދާ މީހުންނަކީ ކޮން ބައެއްކަން ދެނެގަނެވިފައި ނުވާތީ އެމީހުން އަދި މިހާތަނަށް ހޯދިފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށްވެސް ފުލުހުން އެދިފައިވެ އެވެ.