މަގުމަތީގެ އެކްސިޑެންޓް

ހުޅުމާލޭގައި މިރޭވެސް އިތުރު އެކްސިޑެންޓެއް

ހުޅުމާލޭގައި މިރޭ އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

މިއެކްސިޑެންޓް ހިނގީ މިރޭ ހުޅުމާލޭގައި ހުންނަ ވިލާ ޕެޓްރޯލް ޝެޑް ކައިރީގައި ދެ ސައިކަލު ޖެހިގެންނެވެ.

މިއެކްސިޑެންޓާ ގުޅިގެން އަންހެނަކާއި ފިރިހެނަކަށް ހުޅުމާލޭ ހޮސްޕިޓަލްގައި މިވަގުތު ދަނީ ފަރުވާ ދެމުންނެވެ.

އަނިޔާ ލިބުނު މީހުންގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކާރަކާއި ސައިކަލެއް ޖެހި މިއަދު ހެނދުނުވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގި އެވެ.

މީގެއިތުރުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު 2:48 ހާއިރު ހުޅުމާލޭގެ ސެންޓްރަލް ޕާކް ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެސްވި އެވެ.