ޗައިނާގެ ޖައްވީ ސްޓޭޝަން ޓިއަންގޮންގްގައި ހަމަސް ދުވަސް ހޭދަކުރުމަށްފަހު އެ ގައުމުގެ ތިން ޓައިކޮނޯޓުން -- އެސްޓްރޮނޯޓުން އާދިއްތަ ދުވަހު ރައްކާތެރިކަމާ އެކު ބިމަށް އަތުވެއްޖެ އެވެ.
ޖައްވީ ފަޅުވެރިން ބިމަށް ތިރިކޮށްފައިވަނީ އެ ކަމަށް ހާއްސަ އުޅަނދެއްގަ އެވެ.
ޖައްވުން ބިމަށް ދަތުރުކުރިއިރު، ދުނިޔޭގެ ވައިގެ ފަށާލާގައި ޖެހި ނުރައްކާތެރި ހާދިސާއެއް ހިނގާފައި ނުވާ ކަމަށް ޗައިނާގެ ޖައްވީ އިދާރާއިން ބުނެފައިވެ އެވެ.
ޗައިނާއިން ޖައްވުގައި ބިނާކުރާ ޖައްވީ ސްޓޭޝަންގެ މަސައްކަތްތައް މިހާރު ވަނީ މުޅިން ފުރިހަމަކޮށްފަ އެވެ. އެންމެ ފަހުން ކުރަން ހުރި މަސައްކަތްތައް ނިންމައި ޖައްވީ ސައިންސްވެރިން ވަނީ އެ ސްޓޭޝަންގައި މަޑުވެސް ކޮށްފަ އެވެ.
ޓިއަންގޮންގްގައި މިހާރު ވެސް ތިން ފަޅުވެރިން އެބަ ތިއްބެވެ. ޗައިނާއިން ހަމަޖައްސާފައިވަނީ ކޮންމެ ހަ މަހަކުން ފަޅުވެރިން ބަދަލުކުރާ ގޮތަށެވެ. އެއީ ދުނިޔޭގެ އޮޔާއި ވަޔާއި އަދި ބިމަށް ދަމަ ބާރު ނެތް ތަނެއްގައި އިންސާނުން އެހާ ގިނަ ދުވަހު ތިބުމަކީ ރައްކާތެރި ކަމަކަށް ނުވާތީ އެވެ.
ޖައްވީ ސްޓޭޝަންތަކުގައި ގިނަ ދުވަހު ދިރިއުޅޭ އިންސާނުންނަށް ސިއްހީ ވަރަށް ގިނަ މައްސަލަތައް ދިމާވާ ކަމަށް ހޯދުންތަކުން ވަނީ ދައްކާފަ އެވެ. މީގެތެރޭގައި ހިތުގެ ހިނގުން ހަމަމަގުން ކައްސާލުމާއި ގައިގެ މަސްތައް ކަށިން ދޫވުން ހިމެނެ އެވެ.
ޗައިނާއިން ޖައްވުގައި ހުޅަނގާ ކުރާ ވާދާގައި މިހާރު މިސްރާބު ޖަހާފައި ވަނީ 2030 ލައިގަންނަން ވާއިރަށް ހަނދުގައި ސްޓޭޝަން އެޅުމަށެވެ. ޗައިނާގެ އުއްމީދަކީ ހުޅަނގަށް ވުރެ ކުރިން ހަނދުގައި އިންސާނުން ދިރިއުޅުމެވެ.
ޗައިނާގެ މި އުއްމީދު ފުރިހަމަކުރުމަށް މިހާރުވެސް ހަނދުގައި އުޅަނދެއް ހަރަކާތްތެރިވަމުން އެބަދެ އެވެ. އެއީ ހަނދުގައި އިންސާނުން ތަޖުރިބާކުރާނެ އާދަތައް ދަސްކުރުމަށެވެ. އަދި ހަނދުގައި އެއްވެސް ވަރަކަށް ދިޔާފެން ހުރިތޯ ބެލުމަކީވެސް އެ މީހުންގެ އުއްމީދެކެވެ.
އިންސާނުން ހަނދަށް ގޮސް އައިސްވުމުގައި ބޭނުންވާ ކާބޯތަކެތި ހަނދުގައި ގުދަންކުރުމާއި ހަނދުގައި ފެން އުފައްދާނެ ގޮތެއް އީޖާދުކުރުމަކީ ވެސް ޗައިނާގެ ވިސްނުމެކެވެ.
ދުނިޔޭގެ ނުފޫޒުގަދަ ގައުމުތަކުން ދުނިޔެ ދޫކޮށް އެހެން ޕްލަނެޓެއްގައި ދިރިއުޅެން ކުރާ މަސައްކަތްތަކުގައި -- އިންސާނުންނާ އެންމެ ރައްކާތެރި ޕްލަނެޓެއް ކަމަށް ބަލާފައި އޮތީ މާސް އެވެ.
އިންސާނުން މާސްއަށް ފޮނުވުމަށްޓަކައި ޓެސްޓް މޮޑިއުލްތައް ފޮނުވައި، މާސްގެ ބިން ތޮރުފައި ވަނީ ތަހުލީލުކޮށްފަ އެވެ. އެހެންނަމަވެސް މާސްއަށް އިންސާނުން ފޮނުވަން ކުރަން ޖެހޭ ދިގު ދަތުރުގެ ސަބަބުން -- މާސްގައި އިންސާނުން ގޮވާންކުރުމަކީ ކައިރި މުސްތަގުބަލެއްގައި ކުރެވިދާނެ ކަމެއް ކަމަކަށް ނުބެލެވެ އެވެ.