އެމްޑީޕީ

މި ސަރުކާރުން އަންހެނުންނަށް ބޮޑު އިސްކަމެއް ދީފި: ރޮޒޭއިނާ

އެމްޑީޕީގެ އަންހެނުންގެ ރޫހުންބޭއްވި ވޯކްޝޮޕްގެ ތެރެއިން -- ފޮޓޯ: އެމްޑީޕީ
0%
0%
0%

އަންހެނުންނަށް ހަގީގީ ބާރުވެރިކަން ހޯދައިދިނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ކަމަށް އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެެ.

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ އަންހެނުންގެ ރޫހުން އިންތިޒާމުކޮށްގެން ދަރުމަވަންތަ ސްކޫލުގައި ކުރިއަށް ގެންދިޔަ ވޯކްޝޮޕެއްގައި ވާހަކަދައްކަވަމުންނެވެ.

ރޮޒައިނާ ވިދާޅުވީ އަންހެނުންނަށް މި ސަރުކާރުން އަބަދުވެސް ހާއްސަ ސަމާލުކަމެއްދޭ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީން މެނިފެސްޓޯ އެކުލަވާލާއިރުވެސް އަންހެންނުންނަށް ހާއްސަ ސަމާލުކަމެއް ދީގެން ވައުދުތަކެއް ހިމަނާނެ ކަމުގައި ވިދާޅުވި އެވެ.

"ރައީސް ސޯލިހްގެ ކެބިނެޓަށް ބަލާލާއިރު ކެބިނެޓްގެ 30 އިންސައްތައަކީވެސް އަންހެނުމް،" ރޮޒައިނާ ވިދާޅުވި އެވެ.

އެމްޑީޕީގެ މެނިފެސްޓޯ އެކުލަވާލުމަށް ބޭއްވި މި ވޯކްޝޮޕްގައި ވަނީ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ފަރާތުން 300 އަށް ވުރެ ގިނަ އަންހެނުން ބައިވެރިވެފަ އެވެ.

މި ވޯކްޝޮޕްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަހްމަދުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910