ހައްޖުގެ އަޅުކަން

މުސްލިމުން އެއްބައިވަންތަވުމަށް ހައްޖު ހުތުބާގައި ނަސޭހަތްތެރިވެއްޖެ

ހައްޖުވެރިން އަރަފާތުބިމުގައި ފޮޓޯ: އިޤްރާ އެފްރިކާ ޓީވީ
0%
0%
0%

ހުރިހާ މުސްލިމުން އެއްބައިވަންތަކަން ބަދަހިކުރުމަށް ހައްޖު ހުތުބާގައި އިސްލާމީ އުއްމަތަށް ނަސޭހަތްތެރިވެއްޖެ އެވެ.

ޝެއިހް ޔޫސުފް ބިން މުހައްމަދު ބިން ސައީދު މިއަދު އިއްވެވި ހައްޖު ހުތުބާގައި އެއްބައިވަންތަކަން ބަދަހިކުރުމުގެ މުހިންމުކަން ހަނދާންކޮށްދެއްވާފަ އެވެ.

މުސްލިމުން އެކަކު އަނެކަކަށް އެހީތެރިވުމުގެ މުހިންމުކަން ފާހަގަކުރައްވާ މުއްސަނދިންގެ މުދަލުން ފަގީރުންނަށް އެހީތެރިވުމަށް ގޮވާލެއްވި އެވެ.

މުއްސަނދިންގެ މުދަލުން ބަޔަކީ ފަގީރުންގެ ހައްގެއްކަން މާތްﷲ އަމުރުކުރައްވާފައިވާ ކަމަށް ޝެއިހް ޔޫސުފް އިއްވެވި ހައްޖު ހުތުބާގައި ވިދާޅުވި އެވެ.

ދޮން މީހެއް، ކަޅު މީހެއްގެ މައްޗަށް މާތް ކުރައްވާފައިނުވާ ކަމަށްވެސް ހުތުބާގައި ވިދާޅުވި އެވެ.

ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނި ގޮތުގައި މި އަހަރު ދެ މިލިއަނަށްވުރެ ގިނަ މީހުން ހައްޖުގެ އަޅުކަން އަދާކުރެ އެވެ. މީގެ ތެރޭގައި ސައުދީގެ ދެ ލައްކަ މީހުންވެސް ހިމެނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910