މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

ލ. އަތޮޅުން އައްޑޫ އަތޮޅަށް ޔެލޯ އެލާޓް ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ލ. އަތޮޅުން އައްޑޫ ސިޓީއަށް ރީނދޫ އެލާޓް ނެރެފި އެވެ.

ލ. އަތޮޅުން އައްޑޫ ސިޓީއަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މިއަދު 10:00 އިން ހަވީރު 3:00އަށް އެލާޓް ވަނީ ނެރެފަ އެވެ.

އެ ސަރަހައްދަށް އިރުދެކުނާއި ދެކުނުން ގަޑިއަކު އަށް މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.

މީގެ އިތުރުން އެ ސަރަހައްދަށް ކަނޑުތައް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި ހަތަރު ފޫޓާއި ހަތް ފޫޓު ހުންނާނެ ކަމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.

މި ދުވަސްވަރަކީ ސްކޫލު ޗުއްޓީ ދުވަސްވަރަށްވުމާއެކު ކަނޑުދަތުރުކުރުން އިތުރުވާނެތީ ކަނޑުދަތުރުކުރާއިރު ސަމާލުވުމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.