ޓީ-ބިލް

ތިން ބިލިއަން ރުފިޔާގެ ޓީބިލު ވިއްކައިފި

ސަރުކާރުގެ ހަރަދުތައް ފޫބެއްދުމަށް ތިން ބިލިއަން ރުފިޔާގެ ޓްރެޝަރީ ބިލު -- ޓީބިލު ވިއްކައިފި އެވެ.

ޓީބިލު ވިއްކުމަށްފަހު ފިނޭންސް މިނިސްޓްރީން އިއްޔެ ހާމަކުރި މައުލޫމާތުތައް ދައްކާ ގޮތުން 3.06 ބިލިއަން ރުފިޔާގެ ޓީބިލު ވަނީ ވިއްކާފަ އެވެ.

ފިނޭންސް މިނިސްޓްރީން ވިއްކާފައިވަނީ 28 ދުވަހުން އަނބުރާ ދެއްކުމަށް 948 މިލިއަން ރުފިޔާގެ ޓީބިލަކާއި 98 ދުވަހުން އަނބުރާ ދެއްކުމަށް 230 މިލިއަން ރުފިޔާގެ ޓީބިލެކެވެ.

މީގެ އިތުރުން 183 ދުވަހުން އަނބުރާ ދެއްކުމަށް 119 މިލިއަން ރުފިޔާގެ ޓީބިލަކާއި 364 ދުވަހުން އަނބުރާ ދެއްކުމަށް 1.76 ބިލިއަން ރުފިޔާގެ ޓީބިލެކެވެ.

ޓީބިލުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 އިންސައްތަ އާއި 4.60 އިންސައްތައާ ދެމެދުގަ އެވެ.

ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޓީބިލާއި ބޮންޑަށް ސަރުކާރުން ދައްކަންޖެހޭ އަދަދު 73.6 ބިލިއަން ރުފިޔާއަށް އަރަ އެވެ.