ފައިސަލް ނަސީމް

ނައިބު ރައީސް ރާއްޖެ ވަޑައިގެންފި

ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅަކަށްފަހު ނައިބު ރައީސް ފައިސަލް ރާއްޖެ ވަޑައިގަންނަވަނީ -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ހައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު ނައިބު ރައީސް ފައިސަލް ނަސީމް ރާއްޖެ ވަޑައިގެންފި އެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ރާއްޖެ ވަޑައިގެންނެވީ މިއަދު ހެނދުނު އެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް ދާ މީހުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްހައްޖުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ނައިބް ރައީސް ފައިސަލް ނަސީމް ހައްޖަށް ފުރާވަޑައިގެންނެވީ ޖޫން 22 ވަނަ ދުވަހުގެ ރޭ އެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ސަރުކާރުން ހުއްދަ ދީފައިވަނީ އަމިއްލަ ތިން ކުންފުންޏަކަށާއި ހައްޖު ކޯޕަރޭޝަނަށެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ސައުދި އަރަބިއްޔާ އިން ދީފައިވަނީ 1000 ކޯޓާ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910