ހައްޖުގެ އަޅުކަން

ސަރުކާރުގެ ހަރަދުގައި މިއަހަރު 50 މީހަކު ހައްޖަށް ގެންދަނީ

ހައްޖަށް ދިޔަ ދިވެހިންތަކެއް
0%
0%
0%

މި އަހަރު ސަރުކާރުގެ ހަރަދުގައި 50 މީހަކު ހައްޖަށް ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ހައްޖަށް ދާން ބޭނުންވާ މީހުންގެ ތެރެއިން ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި 1،000 ފަގީރުންނަށް ހިލޭ ދެވޭނެ ގޮތް ހަމަޖެއްސެވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމަށްފަހު ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ ފަގީރުން ހައްޖަށް ގެންދިއުމުގެ މަސައްކަތް ފެއްޓެވުމުގެ ގޮތުން މިއަހަރު ފުރަތަމަ 50 މީހުން ފޮނުވާ ގޮތަށް މިހާރު ނިންމަވާފައިވާ ކަމަށެވެ.

"މިމަސައްކަތުގެ ތެރެއިން އެކި އަހަރު އެކި އަދަދަށް މީހުން ހައްޖަށް ފޮނުވޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވަނީ ހައްޖަށް ފޮނުވާ މީހުން ކަނޑައަޅާނެ ގޮތްތަކާ ގުޅޭ މައުލޫމާތުވެސް ހިއްސާކުރައްވާފަ އެވެ. އެގޮތުން ސަރުކާރުން މީހުން ހައްޖަށް ފޮނުވުމުގައި އަމަލުކުރަނީ ގައުމުގެ ފަގީރުންގެ ދަފުތަރުގައި ހިމެނޭ މީހުންގެ ތެރެއިން ކަނޑައެޅޭ އުސޫލެއްގެ މަތިން ކަމުގައި ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ކަމާ ގުޅޭ އުސޫލު ސަރުކާރު ގެޒެޓްގައި އާންމުކުރައްވާނެ ކަމަށާއި އުއްމީދަކީ ފަސް އަހަރަށް އެކަނި ކުރާ ކަމެއްގެ ބަދަލުގައި ދާއިމީ ގޮތެއްގައި އެ މަސައްކަތް ކުރުން ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910