ޓޫރިޒަމް

މިނިސްޓަރު ފައިސަލް މަގާމުން ވަކިކޮށްފި

ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް އެ މަގާމުން ވަކިކުރައްވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މިނިސްޓްރީ އޮފް ޓޫރިޒަމްގެ މަގާމުގައި ހުންނެވި އިބްރާހީމް ފައިސަލް، އެ މަގާމުން ވަކިކުރައްވާފައިވާ ކަމަށެވެ.

ފައިސަލް މަގާމުން ވަކިކޮށް ޓޫރިޒަމް މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުން ރައީސް މުއިއްޒު މިއަދުން ފެށިގެން ހަވާލުކުރައްވާފައިވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާ ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ފައިސަލް އައްޔަންކުރެއްވީ ނޮވެމްބަރު 17، 2023ގަ އެވެ.

މިނިސްޓަރުކަމުން ފައިސަލް ވަކިކުރެއްވި ސަބަބެއް އަދި ނޭނގެ އެވެ.