އެލްޖީއޭ

އެލްޖީއޭގައި ސީއީއޯ އެއް ނެތި ދޮޅުމަސް

ލޯކަލް ގަވަރުމެންޓް އޮތޯރިޓީ (އެލްޖީއޭ)ގައި ސީއީއޯ އެއް ނެތި ދޮޅުމަސް ފާއިތުވެއްޖެ އެވެ.

އެލްޖީއޭގެ ސީއީއޯގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަފްޝަން ލަތީފް މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ކައުސިލްތަކުގެ ބެލެނިވެރި ފަރާތް، އެލްޖީއޭގެ ސީއީއޯގެ މަގާމުގެ ޒިންމާ މިވަގުތު ވަގުތީ ގޮތުން އުފުއްލަވަމުން ގެންދަވަނީ އެލްޖީއޭގެ ޑިރެކްޓާ ޖެނެރަލް ޝަމްއޫން އާދަމް އެވެ.

އެލްޖީއޭގެ ސީއީއޯގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން އެލްޖީއޭއަށް ސީއީއޯ އެއް އައްޔަންކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ގާނޫނީ ގޮތުން ލިބިދީފައިވާ ބާރެކެވެ.