ހައްޖުގެ އަޅުކަން

ހައްޖަށް ދިޔަ އިތުރު ދިވެއްސަކު މަރުވެއްޖެ

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ ބައެއް ދިވެހިން
0%
0%
0%

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ހަވާލުގައި ހައްޖަށް ގޮސް ހުރި އިތުރު ދިވެއްސަކު މިއަދު މަރުވެއްޖެ އެވެ.

މަރުވެފައިވަނީ ހއ. ކެލާ، ސީސާންގެ، އަލީ ގާސިމް (81އ) އެވެ.

އަލީ ގާސިމަކީ މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ މީހުންގެ ތެރެއިން މަރުވި ހަތަރުވަނަ ހައްޖުވެރިޔާ އެވެ.

ހައްޖު ކޯޕަރޭޝަންގައި ހަވާލުގައި މިއަހަރު ހައްޖަށް އިތުރު ދެ މީހަކުވެސް މަރުވެފައިވެ އެވެ. އެއީ މިމަހުގެ އެއްވަނަ ދުވަހު މަރުވި ދ. މާއެނބޫދޫ، ފިޔާތޮށިގެ، އަލީ ހަސަން (72އ) އާއި މިމަހުގެ ދެވަނަ ދުވަހު މަރުވި ނ. ހޮޅުދޫ، އުދަރެސް، ގާސިމް އިބްރާހީމް (ގާސިމްބެ) އެވެ.

ހައްޖަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން ދިޔަ ދިވެއްސަކު މިދިޔަ ހުކުރު ދުވަހު މަރުވެފައި އޮއްވާވެސް ފެނިފައިވެ އެވެ. އުމުރުން 72 އަހަރުގެ މުހައްމަދު ނަސީމް މަރުވެފައި އޮއްވާ ފެނުނީ ނޫރު ފަރުބަދަ ކައިރިން ކަމަށް ދިވެހި ހައްޖު މިޝަނުން ކުރި މައުލޫމާތު ދީފައިވެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މަރި

ސުރުޙީގައި ނިޔާވެއްޖެ މި ލަފްްޒު ބޭނުން ކޮށްލި ނަމަ ވަރަށް ފުރިހަމަ ވީސް ކަން ޔަގީން

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910