އެމްޑީއޭ

އެމްޑީއޭގެ އެސްޖީގެ މަގާމަށް ޝާހު

މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ސެކްރެޓްރީ ޖެނެރަލް (އެސްޖީ)ގެ މަގާމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަދި ފޯވާޑް ޝާހު އިސްމާއީލް (ސާޔާ) ހަމަޖައްސައިފި އެވެ.

އެމްޑީއޭގެ އެސްޖީގެ ކަމަށް ޝާހު އައްޔަންކުރީ އިއްޔެ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގަ އެވެ.

ޝާހުއާއެކު އެމްޑީއޭ އިތުރު އުސްމިންތަކަށް ދާނެ ކަމަށް ޔަގީންކުރާ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.

ޝާހު ވަނީ ގައުމީ ފުޓްބޯޅަ ޓީމަށް 14 އަހަރު ކުޅެފަ އެވެ. މީގެ އިތުރުން ރާއްޖޭގެ ގިނަ ކްލަބްތަކަށް ކުޅެ ގިނަ ކާމިޔާބީތަކެއް ވަނީ ހޯދައިދީފަ އެވެ.