ހައްޖުގެ އަޅުކަން

ހައްޖުވެރިން ރާއްޖެ އަންނަން ފަށައިފި

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ ދިވެހިން ރާއްޖެ އަންނަން ފަށައިފި އެވެ.

މިއަދު ހެނދުނު ފުރަތަމަ ރާއްޖެ އައީ އަލް މަނާސިކް ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި ހައްޖަށް ދިޔަ މީހުންނެވެ.

ދެވަނަ ގުރޫޕް މިއަދު ރާއްޖެ އަންނާނެ އެވެ. އައީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ހައްޖުވެރިންނެވެ.

ދިވެހި ހައްޖުވެރިން ހައްޖަށް ފުރަން ފެށީ މިދިޔަ ޖޫން މަހުގެ 12 އިން 19 އަށެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ސަރުކާރުން ހުއްދަ ދީފައިވަނީ އަމިއްލަ ތިން ކުންފުންޏަކަށާއި ހައްޖު ކޯޕަރޭޝަނަށެވެ.

އަމިއްލަ ކުންފުނިތަކުން މިއަހަރު ހުށަހެޅި އަގުތައް

  • ހަރަމައިން - 75،250 ރުފިޔާ
  • ސިސިލްފަރު - 75،465 ރުފިޔާ
  • އަލްމަނާސިކު - 75،000 ރުފިޔާ

ރާއްޖެއިން މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ސައުދި އަރަބިއްޔާ އިން ދިނީ 1000 ކޯޓާ އެވެ. ސަރުކާރުން ހުއްދަ ދިން ކޮންމެ ކުންފުންޏަކަށް މިއަހަރު ދިނީ 90 ކޯޓާ އެވެ. ބާކީ ހުރި ކޯޓާތައް ދޭން ނިންމީ ހައްޖު ކޯޕަރޭޝަނަށެވެ.

މިއަހަރު އަމީރުލްހައްޖަކަށް ހަމަޖެއްސެވީ ނައިބް ރައީސް ފައިސަލް ނަސީމު އެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ ހަތަރު ދިވެއްސަކު ނިޔާވެފައިވެ އެވެ.