ފޯކައިދޫ

ފޯކައިދޫގެ ހަތަރު މަޝްރޫއެއް އިފްތިތާހުކޮށްފި

ފޯކައިދޫގެ ފެނުގެ ނިޒާމު ރައީސް މިއަދު އިފްތިތާހުކޮށްދެއްވަނީ
0%
0%
0%

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ށ. ފޯކައިދޫގައި ކުރިއަށް ގެންދިޔަ ހަތަރު މަޝްރޫއެއް ނިންމުމަށްފަހު އިފްތިތާހުކޮށްފި އެވެ.

ރައީސް ސޯލިހް ށ. އަތޮޅުގެ ހަތަރު ރަށަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު މިއަދު ވަޑައިގެންނެވި ފަހު ރަށަކީވެސް ފޯކައިދޫ އެވެ.

ފޯކައިދޫގައި މިއަދު ހަވީރު އެރަށުގައި ވަކިވަކިން ކުރިއަށް ގެންދިޔަ ތިން ރަސްމިއްޔާތެއްގައި ރައީސުލްޖުމްހުރިއްޔާ ވަނީ ފޯކައިދޫ ފެނާއި ނަރުދަމާގެ ނިޒާމު އިފްތިތާޙްކޮށްދެއްވައި، އެރަށުގެ ބަނދަރު ހުޅުއްވައި ދެއްވާފަ އެވެ. އަދި އެއަށްފަހު އެމަނިކުފާނު ވަނީ ފޯކައިދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއި އެރަށު ފުޓުބޯޅަދަނޑު ވެސް ހުޅުއްވައިދެއްވާފަ އެވެ.

ފޯކައިދޫ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ނިމި ހިދުމަތް ދޭން ފަށާފައިވާއިރު، ފޯކައިދޫ ބަނދަރު އަޕްގްރޭޑްކުރުުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އެމްޓީސީސީންނެވެ. މީގެ އިތުރުން ވެސް ފޯކައިދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތާއެކު ސޯލާ ހަރުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ރައީސް މިއަދު ހަވީރު ފޯކައިދޫ އަށް ވަޑައިގަތުމުން އެރަށުގެ ވަރަށް ގިނަ ރައްޔިތުން ބަނދަރު ސަރަހައްދަށް ނިކުމެ ރައީސްއަށް ހޫނު މަރުހަބާ ކިޔާފައިވެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345