އެސްއޯއީ ކޮމެޓީ

އެސްއޯއީތަކަށް މިދިޔަ އަހަރު ލިބުނު ފައިދާ ދަށަށް

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި ލިބުނު އަދަދު ވަރަށް ބޮޑަށް ދަށްވެއްޖެ އެވެ.

އެގޮތުން މިދިޔަ އަހަރު އެސްއޯއީތަކަށް ފައިދާގެ ގޮތުގައި ލިބުނީ 5.6 ބިލިއަން ރުފިޔާ އެވެ. މިއީ 2021 ވަނަ އަހަރު ލިބުނު ފައިދާއާ އަޅާބަލާއިރު 35 ޕަސަންޓް ދަށް އަދަދެކެވެ. އެސްއޯއީތަކަށް 2021 ވަނަ އަހަރު ފައިދާގެ ގޮތުގައި ލިބުނީ 6.1 ބިލިއަން

އެސްއޯއީ ތަކަށް މިދިޔަ އަހަރު ލިބުނު ފައިދާ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ދަށްވި ނަމަވެސް އާމްދަނީ ވަނީ އިތުރުވެފަ އެވެ. އެސްއޯއީ ތަކަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 46 ބިލިއަން ރުފިޔާ ލިބުނުއިރު 2021 ވަނަ އަހަރު އެސްއޯއީ ތަކަށް އާމްދަނީގެ ގޮތުގައި ލިބުނީ 10 ބިލިއަން ރުފިޔާ އެވެ.

އެސްއޯއީ ތަކަށް މިދިޔަ އަހަރު އެންމެ ބޮޑު ފައިދާއެއް ލިބުނީ ފުރަތަމަ ކުއާޓަރުގައި 1.9 ބިލިއަން ރުފިޔާ އެވެ. އެސްއޯއީ ތަކުން ލިބުނު ފައިދާ މިދިޔަ އަހަރު ދަށްވީ ބޮޑެތި ބައެއް ކުންފުނިތަކުގެ އަހަރީ ފައިދާ ދަށްވުމުންނެވެ.

ސަރުކާރުގެ ހިއްސާ އޮވެގެން 30 ކުންފުންޏެއް ހިންގަމުންދާއިރު 50 ޕަސަންޓް ކުންފުނިތައް ހިންގަނީ ގެއްލުމުގައެވެ.