ހައްޖުގެ އަޅުކަން

ދިވެހި ހުރިހާ ހައްޖުވެރިން ރާއްޖެ އަތުވެއްޖެ

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިން ރާއްޖެ އަތުވެއްޖެ އެވެ.

މިއަދު މެންދުރުފަހު ރާއްޖެ އައި ފަހު ގުރޫޕްގައި ހިމެނެނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ 200 ހައްޖުވެރިންނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ހައްޖުވެރިންނަށް މަރުހަބާ ދެންނެވީ ނައިބް ރައީސް ފައިސަލް ނަސީމު އެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު ހައްޖުވެރިންގެ ފުރަތަމަ ގުރޫޕްގެ ރާއްޖެ އައީ މިމަހުގެ ހަތްވަނަ ދުވަހު އެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ސަރުކާރުން ހުއްދަ ދިނީ އަމިއްލަ ތިން ކުންފުންޏަކަށާއި ހައްޖު ކޯޕަރޭޝަނަށެވެ.

އަމިއްލަ ކުންފުނިތަކުން މިއަހަރު ހުށަހެޅި އަގުތައް

  • ހަރަމައިން - 75،250 ރުފިޔާ
  • ސިސިލްފަރު - 75،465 ރުފިޔާ
  • އަލްމަނާސިކު - 75،000 ރުފިޔާ

ރާއްޖެއިން މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ސައުދި އަރަބިއްޔާ އިން ދިނީ 1000 ކޯޓާ އެވެ. ސަރުކާރުން ހުއްދަ ދިން ކޮންމެ ކުންފުންޏަކަށް މިއަހަރު ދިނީ 90 ކޯޓާ އެވެ. ބާކީ ހުރި ކޯޓާތައް ދޭން ނިންމީ ހައްޖު ކޯޕަރޭޝަނަށެވެ.

މިއަހަރު އަމީރުލްހައްޖަކަށް ހަމަޖެއްސެވީ ނައިބް ރައީސް ފައިސަލް ނަސީމު އެވެ.

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ ހަތަރު ދިވެއްސަކު ނިޔާވެފައިވެ އެވެ.