އައިޖީއެމްއެޗް

ކުޑަކުއްޖެއްގެ ފުއްޕާމެއިން ކުޅޭ އެއްޗެއްގެ އެތިކޮޅެއް ނަގައިފި

ކުޑަކުއްޖެއްގެ ފުއްޕާމެއިން ކުޅޭ އެއްޗެއްގެ އެތިކޮޅެއް ނަގައިފި އެވެ.

އައިޖީއެމްއެޗްގެ ނޭޝަނަލް ސެންޓަ ފޯ ރެސްޕިރޭޓަރީ މެޑިސިން ޓީމުން މިފަދަ އޮޕަރޭޝަނެއް މިމަހުގެ ތެރޭގައި ކޮށްފައވާ ކަމަށް ހާމަކުރެއްވީ އެތެރެހަށީގެ ހާއްސަ ޑޮކްޓަރު -- ޑރ. މުހައްމަދު އަލީ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ކުއްޖާގެ ފުއްޕާގެ ކަނާތު ފަޅިން ނެގީ ސޮފްޓް ޓޯއީއެއްގެ އަޑުގޮވާ ތަންކޮޅުގައިވާ ތިން ސެންޓިމީޓަރުގެ އެތިކޮޅެކެވެ.

މުހައްމަދު އަލީ ވިދާޅުވީ ކުއްޖާގެ ފުއްޕާމެއަށް މި އެތިކޮޅު ދިޔައީ އެ ކުއްޖާގެ އަނގަޔަށް މިއެތިކޮޅު ލައިގެން އުޅެނިކޮށް ދިރިގެން ކަމަށެވެ. ކުޑަކުދިންގެ އަނގަޔަށް މިކަހަލަ ތަކެތި ލުމަކީ ނުރައްކާތެރި ކަމެއް ކަމަށްވެސް ސިފަކުރެއްވި އެވެ.

ސާޖަރީކުރުމުގައި އައިޖީއެމްއެޗުގެ ރޭޑިއޮލޮޖީ ޓީމަށް އެހެން ބައެއް ޑިމާޓްމަންޓްތަކުގެ ޑޮކްޓަރުންނާއި އެ ޓީމުތަކުގެ އެހީތެރިކަން ލިބުނުކަންވެސް މުހައްމަދު އަލީ ފާހަގަކުރައްވާފައިވެ އެެވެ.