ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ހާއްސަ މެޑެލް 10 ހާފިޒުންނަށް

Jul 26, 2023

ކީރިތި ޤުރުއާން ހިތުދަސްކޮށް އެއްވަނަ ދަރަޖައިގައި ފާސްވި 10 ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ހާއްސަ މެޑަލް ދެއްވައިފި އެވެ.

ކީރިތި ޤުރުއާން ހިތުދަސްކޮށް އެއްވަނަ ދަރަޖައިގައި ފާސްވި ހާފިޒުންނާއި މަތީ ދަރަޖަ ހޯދާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދިނުން އޮތީ މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިއަދު ބޭއްވެވި ރަސްމީ ޖަލްސާގަ އެވެ. މި އިނާމުތައް ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެވެ.

ކީރިތި ޤުރްއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވެގެން ރައީސުލްޖުމްހޫރިއްޔާގެ ހާއްސަމެޑެލް ހާސިލުކުރެއްވި ހާފިޒުންނަކީ:

  • އަލްޙާފިޒާ އާމިނަތު އައިފާ، އަލިވިލާގެ ފ. ބިލެތްދޫ
  • އަލްޙާފިޒް ޝައަފް ހާމިދު އިބްރާހީމް، މަލާޒް، ޅ. ނައިފަރު
  • އަލްޙާފިޒް އަބާން އިބްރާހީމް، ހ. ލަކީލޮޖްހުޅަނގުބައި
  • އަލްޙާފިޒާ މަރްޔަމް މުހައްމަދުދީދީ، މުއްތުސަންބާގެ، ސ. ހިތަދޫ
  • އަލްޙާފިޒް އަހުމަދު ރާއިއު ބަޝީރު، ފުނާޑު. ރަޔަން، ޏ. ފުވައްމުލައް
  • އަލްޙާފިޒް ހަސަން ނަސީރު، ޒިއުރިކް، ސ. ހިތަދޫ
  • އަލްޙާފިޒާ ރައުހާ އިސްމާއީލް، ދިލްޝާދުގެ، ދ. މީދޫ
  • އަލްޙާފިޒާ އާއިޝަތު އާން ރަޝީދު، މ. ޝޭޑީރީޖަން
  • އަލްޙާފިޒް އިސްމާއީލް އިޒުއާން އިބްރާހީމް، ހުޅުމާލެ ފްލެޓް 02-ޖީ-141
  • އަލްޙާފިޒް މިބުސާމް ސަލްމާން، ހެވަންލީޑް ގދ. ތިނަދޫ

މަތީ ދަރަޖަ ހޯދާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު މި އަހަރު ލިބިވަޑައިގަތީ 18 ބޭފުޅަކަށެވެ.

އިނާމު ދެއްވާނެ ބޭފުޅުން ކަނޑައަޅުއްވަނީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ހާއްސަ އިނާމާބެހޭ ކޮމިޓީންނެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެލް ހާސިލު ކުރެއްވީ، މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 15 ބޭފުޅެކެވެ. އަދި، ބައިނަލްއަގުވާމީ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަގުވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފް ހޯދައިގެން އިނާމު ހާސިލުކުރީ ދެ ކުއްޖެކެވެ. މީގެއިތުރުން، ހުނަރުވެރި، ފަންނުވެރި، މަސައްކަތްތެރި ޒުވާނުން ޤައުމީ ތަރައްޤީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކުރެއްވި ބޭފުޅެކެވެ.

ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތެއް ނުވަތަ ލެވެލް އަށެއް ނުވަތަ ލެވެލް ނުވައެއްގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވީ:

  • އާއިޝަތު ޒަހާ، ދަފްތަރު. ނަންބަރު ރސ 6834
  • އަހުމަދު ޝުޖާއު، ނިޔަމި، ގދ. ފިޔޯރި
  • އައްޝައިހް ހުސައިން ނަޝާތު އިބްރާހީމް، ދަޑިމަގު. ޑޭޒީ، ޏ. ފުވައްމުލައް
  • އަހުމަދު އިބްރާހީމް، މަލަ، ޅ. ނައިފަރު
  • އާއިޝަތު ރިފްޤާ، ކަނީރުގެ، ރ. ރަސްމާދޫ
  • ޒައިފް ހަސަން ފަޟާލް، ހ. ވައިޓްޑައިމަންޑް
  • އާމިނަތު ޖުމާނާ، ނަލަހިޔާގެ، ހދ. ނެއްލައިދޫ
  • އިރުނާއު ޝަރީފް، ދޭލިޔާގެ، ބ. ތުޅާދޫ
  • ލޫތު އިސްމާޢީލް ޝަފީޤް، ގ. ތުނަ
  • އަލީ އަހުމަދު، ޖަވާހިރުމާގެ، ފ. ނިލަންދޫ
  • މުހައްމަދު އަރުޝަމް ހުސައިން، ކަޅިރަވަ، ގއ. ގެމަނަފުށި
  • އަހުމަދު ހާޝިމް، ތުނޑި. ވައިޓްކްރޯން، ލ. ގަން
  • އަޒުހާ މުހައްމަދު ޔޫސުފް، މ. ކަގި
  • އާމިނަތު އިހުސާނާ، އިހްސާން، ރ. ހުޅުދުއްފާރު
  • ރަނާ މުހައްމަދު ނަޢީމް، ހ. އާޝިރުވާދު

ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ ބައިނަލްއަޤްވާމީ މިނޫންވެސް މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯއްދެވީ:

  • އާއިޝަތު ލައިކާ ހުސައިން، މ. ހަޒާރީވިލާ
  • އާއިޝަތު މާނިޔާ އާދަމް، ގ. ކޯބިން

ހުނަރުވެރި ފަންނުވެރި މަސައްކަތްތެރި ޒުވާނުން ޤައުމީ ތަރައްޤީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވަނީ:

ރޮބޯމޭން

މީގެ އިތުރުން މި ޖަލްސާގައި ވަނީ ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހަތަރު ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 17 ބޭފުޅަކަށާއި ޖަމިއްޔާއަކަށް ދެއްވާފަ އެވެ.

މި ޖަލްސާގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ވަނީ އިނާމު ހާސިލުކުރެއްވި ބޭފުޅުންނަށް ތަހުނިޔާ ވިދާޅުވެފަ އެވެ.